ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރ. މަޑުއްވަރީގައި ބިދޭސީއަކު، އަންހެން ބިދޭސީއަކަށް ހަމަލާދީ ފައިސާ ފޭރެން އުޅުނު މައްސަލައެއް ބަލަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް އަނިޔާކޮށް، އޭނާގެ އަތުން ފައިސާތަކެއް ފޭރެން މަސައްކަތް ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، މަޑުއްވަރީގައި ބިދޭސީ އަންހެނަކާ މެދު މާރާމާރީ ހިންގައި، އޭނާގެ އަތުން ފައިސާ ފޭރިގެންފައިވާ މައްސަލައެއް އިއްޔެ ހަވީރު 06:04 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މި ހާދިސާ ހިނގި ވަގުތުގެ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި ބިދޭސީ ފިރިހެނަކު ވަނީ އެ އަންހެން މީހާ މަގުމައްޗަށް ވައްޓާލުމަށްފަހު އޭނާގެ އަނގަ މަތީ އަތް އަޅައި، އަނގަމަތީގައި ބާރުކޮށް އޭނާއަށް އަނިޔާ ކުރުމަށް މަސައްކަތްކޮށްފަ އެވެ.

މީގެއިތުރުން، އެ ސަރަހައްދުގެ މަގުމައްޗަށް ގިނަ އަދަދެއްގެ ފައިސާ، ވަޔާދާ މަންޒަރުވެސް އެ ވީޑިއޯއިން ފެނެ އެވެ.

މި މައްސަލައިގައި ހިމެނޭ މީހާ އަދި ފުލުހުން ހައްޔަރުކޮށްފައި ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: