ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެމެހެއްޓެނިވި ކުރިމަގެއް ކަށަވަރުކުރުމަށް ގައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަކީ މުހިންމު ކަމެއް: ނައިބު ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް (ޖީޑީއައި)ގެ އަމާޒުތައް ކަށަވަރުކުރުމުގައި ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަމަށާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް، ވިލުންތެރި، އެންމެން ޝާމިލްވާ، ދެމެހެއްޓެނިވި ކުރިމަގެއް ކަށަވަރުކުރުމަށް ޤައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަކީ މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ، ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގެ ހަވާސާގައި، ޗައިނާއިން އިސްވެ ބޭއްވި ހައިލެވެލް މީޓިންގ އޮން ދި ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވްގައި މިއަދު ތަގުރީރު ކުރައްވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ޖީޑީއައި އިތުރަށް ފުޅާކުރުމަށް ޗައިނާއިން ކުރިއަށްގެންދާ މަޝްރޫއުތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި، ތަރައްގީވަމުން އަންނަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް ކުރިއަށް ގެންދެވޭ މަޝްރޫއުތަކުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން، ރާއްޖެއާއި ޗައިނާގެ ދެމިގެންދާ ގުޅުމާއި، ޗައިނާއިން ރާއްޖޭގެ ގައުމީ ތަރައްގީގައި އަދާކުރަމުންދާ ދައުރަށްވެސް ނައިބު ރައީސް ބައްލަވާލެއްވިއެވެ.

ނައިބު ރައީސް ވަނީ ދަރަނީގެ ދަންތުރައިގެ ސަބަބުން ގައުމުތަކުގެ ވިލުންތެރިކަން ކަށަވަރުކުރުމަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. އަދި، މޫސުމީ ބަދަލުތަކުގެ ސަބަބުން ތަރައްގީވަމުން އަންނަ ޖަޒީރާ ކުދި ގައުމުތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށާއި އެހެންކަމުން ކޮޕް31ގެ އަމާޒުތަކަށް ވާސިލްވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން، ދެމެހެއްޓިނިވި ތަރައްގީގައި ސައިންސާއި، ޓެކްނޮލޮޖީއާއި، އާޓިފިޝަލް އިންޓެލިޖެންސް ހިމެނޭހެން އީޖާދީ ވިސްނުންތަކަކީ މުހިންމުކަމެއް ކަމުގައި ފާހަގަކުރައްވައި، ނައިބު ރައީސް ވަނީ މައުލޫމާތާއި ޓެކްނޮލޮޖީ ހިއްސާކުރުމާއި، ކެޕޭސިޓީ ތަރައްގީކުރުމަށް ތާއީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

ތަގުރީރު ނިންމަވާލައްވަމުން، ނައިބު ރައީސް ވަނީ ގޮންޖެހުންތަކާއި ކުރިމަތިލުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވައި، ވިލުންތެރި، އެންމެން ޝާމިލްވާ، ދެމެހެއްޓެނިވި ކުރިމަގެއް ކަށަވަރުކުރުމަށް ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: