ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުރައްކާތެރި ގޮތަކަށް ސައިކަލު ދުއްވި މީހާގެ މައްސަލަ ފުލުހުން ބަލަނީ!

އާޓިފިޝަލް ބީޗު ސަރަހައްދުގައި ފަރުވާކުޑަކޮށް ސައިކަލު ދުއްވާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ފަރުވާކުޑަކޮށް، ނުރައްކާތެރި ގޮތަކަށް ސައިކަލު ދުއްވި މައްސަލައެއް ސަމާލުކަމަށް އައިސް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފި އެވެ.

މި މައްސަލަ ފެންމަތިވެފައި ވަނީ ސޯޝަލް މީޑިއާގައި އިއްޔެގެ ވަގުތެއްގައި އާންމުވި ވީޑިއޯއަކާ ގުޅިގެންނެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި، އާޓިފިޝަލް ބީޗު ސަރަހައްދު ބޮޑުތަކުރުފާނު މަގުން ރޭގަނޑު ޓްރެފިކަށް ބާރުބޮޑު ގަޑިއެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ވަރަށް ބޮޑަށް އަރިކޮށް، މަގުގެ ދެކޮޅަށް ޒިގްޒެގްވާ ގޮތަށް ދުއްވުމަށްފަހު، ސިގްނަލެއް ނުދީ ނުލައި ކުއްލިއަކަށް މަޖީދީމަގަށް ލަނބާލައެވެ.

އެ ސައިކަލުގެ ފަހަތުގައި އިތުރު މީހަކު ހުރެ އެވެ.

ސައިކަލު ދުއްވާފައި ދިޔަ މިހާ، ވަނީ އެހެން ސައިކަލުތަކާއި ކާރުތައް އޯވަޓޭކްކޮށް ނުރައްކާތެރި ގޮތަކަށް ދުއްވާފަ އެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގައި ނުރައްކާތެރިކޮށް ވެހިކަލް ދުއްވުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން، ލައިސަންސް ނެތް މީހަކު މިދިޔަ އާދިއްތަ ދުވަހުގެ ރޭގަނޑު ސޯސަންމަގުގައި ނުރައްކާތެރިކޮށް ދުއްވި ސައިކަލަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާން އަންހެނަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: