ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލެ ޕޮލިހުން ބޭއްވި ”އިސްރަށްވެހިންގެ އުފާ“ ހަރަކާތުގައި އައިކެއާއިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އޮކްޓޯބަރު މަހުގެ 2 ވީ ހުކުރު ދުވަހު ވިލިމާލެ ޕޮލިހުން އިންތިޒާމުކޮށްގެން ބޭއްވި ”އިސްރަށްވެހިންގެ އުފާ“ ހަރަކާތުގައި އައިކެއާ ހޮސްޕިޓަލުން ބައިވެރިވެއްޖެއެވެ.

ދުވަސްވީ މީހުންގެ އަގުވަޒަންކޮށް، އެ މީހުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ހާއްސަކޮށްގެން ބޭއްވި އެ ހަވީރުގައި، އައިކެއާގެ ޓީމުން ވަނީ ވިލިމާލޭގެ އިސްރަށްވެހިންނަށް ލޮލުގެ ސްކްރީނިންގ ހިދުމަތްތައް ފޯރުކޮށްދީފައެވެ.

މި ހަރަކާތަކީ މުޖުތަމައާ އޮންނަ ގުޅުން ބަދަހިކުރުމަށާއި، އުމުރުން ދުވަސްވަމުންދާ ވަރަކަށް ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން ހަނދާންކޮށްދިނުމަށް ލިބުނު އަގުހުރި ފުރުސަތެކެވެ. ލޮލުގެ ފެނުން ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަކީ ދުވަސްވީ މީހުންނަށް އަމިއްލަ ފައިމައްޗަށް ތެދުވެ އުޅުމަށާއި، ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ފަސޭހަކަމާއެކު ކުރުމުގެ އިތުރުން، އާއިލާއާއެކު އުފާވެރި ވަގުތުތައް ހޭދަކުރުމަށް އެހީތެރިވެދޭ ކަމެކެވެ. އެހެންކަމުން، އެފަރާތްތަކުގެ ލޮލުގެ ސިއްހަތަށް ސަމާލުކަން ދިނުމަކީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ކޮންމެހެން މުހިންމު ކަމެކެވެ.

އުމުރުން ދުވަސްވީ މީހުންނަކީ ކެޓަރެކްޓް (ލޮލަށް ފުސްއެރުން)، ގްލައުކޯމާ (ލޮލުގެ ޕްރެޝަރު މަތިވުން) އަދި އުމުރާ ގުޅިގެން މެކިއުލާ ހަލާކުވުން (އޭއެމްޑީ) ފަދަ ލޮލުގެ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ބައެކެވެ. މީގެ އިތުރުން ހަކުރުބަލި ހުންނަ ފަރާތްތަކުން ލޮލުގެ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ލޮލުގެ ބައެއް ބަލިތަކަކީ އޭގެ ކުރީކޮޅުގައި އެއްވެސް އަލާމާތެއް ނުފެނި އަވަހަށް ބޮޑުވާ ބަލިތަކަކަށް ވާތީ، ލޮލުގެ ފެނުމަށް ބަދަލެއް ނައި ނަމަވެސް، ގަވާއިދުން ލޮލުގެ ފުރިހަމަ ޓެސްޓުތައް ހެދުން ވަރަށް މުހިންމެވެ. ލޮލުގެ ފެނުމަށް އަންނަ ބަދަލުތަކަކީ ހަމައެކަނި މުސްކުޅިވުމުން ވާކަމެއް ކަމަށް ބަލައި ދޫކޮށްނުލައި، ޑޮކްޓަރަށް ދައްކައިގެން ބަލަންވާނެއެވެ.

މިފަދަ އަގުހުރި ހަރަކާތެއްގެ ތެރެއިން މުޖުތަމައު އެއްތަންކޮށް، އެ ހަރަކާތުގައި ލޮލުގެ ސިއްހަތަށް ހާއްސަ އިސްކަމެއް ދެއްވިކަމަށްޓަކައި ވިލިމާލެ ޕޮލިހުންނަށް އައިކެއާގެ ފަރާތުން އިހްލާސްތެރި ޝުކުރު އަދާކުރެއެވެ. އެފަދަ އިޖުތިމާއީ ބައިވެރިވުންތަކުގެ ޒަރީއާއިން، ލޮލުގެ ސިއްހަތާ މެދު ހޭލުންތެރިކަން އިތުރުކުރުމަށާއި ކޮންމެ އުމުރެއްގެ މީހަކަށްވެސް ދުޅަހެޔޮ ފެނުމެއް ހޯދައިދިނުމަށް އައިކެއާ އިން އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: