ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރު ބަޔަކަށް ރަސްމާލޭގައި ވަޒަންވެރިވުމުގެ ފުރުސަތުދީފިނަމަ މިގޮތުގައި ގައުމު ނޯންނާނެ: ޒިޔާދު

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރު ބަޔަކަށް ރަސްމާލޭގައި ވަޒަންވެރިވުމުގެ ފުރުސަތުދީފިނަމަ މިގޮތުގައި ގައުމު ނޯންނާނެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮލަޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން ޒިޔާދު ވިދާޅުވީ، އެ ކުއްލި މައްސަލައަށް ފުރިހަމައަށް ތާއިދުކުރައްވާ ކަމަށެވެ. ކުއްލި މައްސަލަ ވަރަށް ސާފު ކަމަށާއި، އޭގައި ބުނަނީ ވެފައިވާ އެއްބަސްވުމެއް ހާމަކުރަން ކަމަށާއި، އެއީ ބަޔަކު ދެކޮޅު ހަދަންޖެހޭ ސަބަބެއް ނޫން ކަމަށް ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދަޅުވީ، ދިވެހީން އުފުލަމުން ދިޔަ ހުރިހާ ތަކުލީފެއް އުފުލަންޖެހުނު މައިގަނޑު ސަބަބަކީ އެ މަޝްރޫއު ކަމަށެވެ. ރައީސް ދިވެހީން ”ފަސްޓޭ“، ދިވެހީންނަށޭ އިސްކަން ދޭނީ ބުނި ނަމަވެސް އާހިރުގައި ދިވެހިން ވީ ”ޑަސްޓަށް“ ކަމަށް ޒިޔާދު ވިދާޅުވިއެވެ. ދިވެއްސެއް އެތަނުން ގޯއްޗެއް ބޭނުންނަމަ މުޅި ދަރިފަސްކޮޅު ދޫކޮށް، އަނބިމީހާގެ ވާރުތަ މުދާ ދޫކޮށްގެންނާއި، ފިރިިމީހާގެ ވާރުތަ މުދާ ދޫކޮށްގެން ބިންކޮޅެއް ލިބެނީ ކިރިޔާ ކަމަށް ޒިޔާދު ވިދާޅުވިއެވެ.

”99 އަހަރަށް ދެވޭ 99 ފަހަރު. 99 އަހަރު ވަންދެން އަޅުގަނޑުމެންނެއް ނުތިބޭނެ. މި 20 ވަނަ މަޖިލީހެއް ނޯންނާނެ 99 އަހަރު ވަންދެނެއް. އެހެންނަމަވެސް މިއަދު އަޅުގަނޑުމެން މި ނިންމާލަނީ. އެ ދުވަހު އަޅުގަނޑުމެން ކައިރީގައި ބުނީ އިންޑިއާ މީހުން ވަޒަންވެރި ވަނީއޭ. އެތާ ހުންނަ އިންޑިއާ މީހެއް ނޭނގޭނެއޭ. މާދަމާ ރަސްމާލޭގައި ބޭރުގެ މީހެއް އިނީމީ އޭނާގެ މައްސަލަ ބެލޭނެ ގޮތެއް ނޯންނާނެ. ދުނިޔެ ހިނގަނީ ބާރަށް،“

ޒިޔާދު ވިދާޅުވީ،  ބޭރުގެ މީހުން ރަސްމާލޭގެ ބިމުގައި އައިސް ވަޒަންވެރިވާނެ ކަމަށާއި، މިއަދު އެ ބިމުގައި އެެހެން ބަޔަކަށް ވަޒަންވެރިވުމުގެ ފުރުސަތުދީފިނަމަ މިގޮތުގައި ގައުމު ނޯންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ދުނިޔޭގެ އެތައް ގައުމެއްގައި އެކަން ހިނގަމުން ދާ ކަމަށާއި، ބާރުގަދަ ގައުމުތަކުން އެހެން ގައުމުތަކަށް އަތްގަދަކުރާ ކަމަށެވެ.

ޒިޔާދު ވިދާޅުވީމ، މި ސަރުކާރު ވެރިކަމަށް އައީ ހާމަކުރުމުގެ ބޭނުމުގައި ކަމަށާއި، އެގޮތުން އިންޑިއާއިން ވެފައިވާ އެތައް އެއްބަސްވުމަކާއި، އުތުރު ތިލަފަޅުގެ އެއްބަސްވުމާއި މިހުރިހާ އެއްޗެއް ހާމަކުރާނެ ކަމަަށް ވެސް ބުނީ ސަރުކާރުން ކަމަށެވެ. އެމްޑީޕީން އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ބުނެ ދެކުވުނު ވާހަކައަށް ރައްދު ދެއްވާ ޒިޔާދު ފާހަގަކުރެއްވީ، ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވީ ރާއްޖޭގެ އެއްވެސް ބިމެއް ހިލޭވެސް ބަޔަކަށް ނުދެއްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: