ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލު ހުށަހެޅީ ރައްޔިތުންގެ ލޯ މައްޗަށް އޮޅުވާލަން: މައުރޫފް

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު --- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅައިގެން އުޅެނީ ރައްޔިތުންގެ ލޯ މައްޗަށް އޮޅުވާލަން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ހުށަހަޅުއްވާފައިވާ ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލުގެ އިބްތިދާއީ ބަހުސްގައި އޭނާ ވިދާޅުވީ، އެފަދަ ގާނޫނު ގެނައުމަކީ މުހިންމު ކަމެއް ނަމަވެސް، ގާނޫނު ހުށަހެޅުމުގައި ސަރުކާރުގެ އެއްވެސް ހެޔޮ ނިޔަތެއް ނެތް ކަމަށެވެ. މީގެ ކުރިން ވެސް އެފަދަ އެތައް ގާނޫނެއް ހުށަހެޅި ކަމަށާއި އެއްވެސް ކަމެއް ތަންފީޒުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މައުރޫފް ތުހުމަތުކުރެއްވީ، އެ ބިލު މިއަދު ހުށަހަޅައިގެން އުޅެނީ ފުށިދިއްގަރު ފަޅު ހިއްކައިގެން ”ނަގަން އުޅޭ ކަޓު“ ސިއްރެއްގެ ގޮތުގައި ބާއްވަން ވެގެން ކަމަށެވެ. އަދި އެކަން ކޮށްފިއްޔާ ތިމަންނާމެން ވެސް ބެދޭނެކަން ރައްޔިތުންގެ ލޯމައްޗަށް ދައްކަންވެގެން ކަމަށެވެ.

”މިއަދު މި ބިލު ގެނެސްގެން މި އުޅެނީ ފުށިދިއްގަރު ވިއްކާލައިގެން ނަގަން އުޅޭ ކަޓު އެއީ ސިއްރެއްގެ ގޮތުގައި ބާއްވަން ވެގެން އެކަން ނުކުރާނެކަން ދިވެހި ރައްޔިތުންނަށް ދައްކަން ވެގެން. އެކަން ކޮށްފިއްޔާ ތިމަންނާ ވެސް އޭގައި ބެދޭނެކަން ދައްކަން ވެގެން ރައްޔިތުންގެ ލޯމައްޗަށް އޮޅުވާލުމަށް ޓަކައި ހުށަހެޅި ބަހުސްކުރަމުންދާ ބިލުތައް މިއީ،“ މަައުރޫފް

އޭގެ އިތުރުން، އެ ބިލު ފާސްކުރުމުގެ ކުރިން ގާނޫނުއަސާސީގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ވިސްނާލަންޖެހޭނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. އެ މާއްދާގައި މުދާ ހޯދުމާއި ގެންގުޅުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ކަމާއި އެ މީހަކު ކުރި ކުށެއްގެ ބަދަލުގައި އެ މީހެއްގެ މުދާ ދައުލަތުން ހިފަހައްޓައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގެ 74 ވަނަ މާއްދާގައި، ކޮންމެހެން ކުށެއް ސާބިތުވެފައި ނެތަސް، މީހެއްގެ މުދާ ދައުލަތަށް ނެގޭނެ ހާލަތްތަކެއް ވެސް ބަޔާންކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ހުރިހާ ގާނޫނުތަކެއް ފާސްކޮށްފައި ހުރިހާ މުއައްސަސާތަކެއްގެ ކޮންޓްރޯލް ރައީސުލްޖުމްހޫރިއްޔާގެ ނެންގެވުމުން ގާނޫނުތަކުގެ ބޭނުން ކެނޑިގެންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތަށް މާއްދާތައް ބަޔާންކޮށްފައި، އޭސީސީ އާއި ފަނޑިޔާރުގެއާއި މަޖިލީހާއި ފުލުހުންގެ މުއައްސަސާ އާއި މުޅި ދައުލަތުގެ ކޮންޓްރޯލް ރައީސުލްޖުމްހޫރިއްޔާގެ އަތް މަތީގައި ބާއްވައިގެން ނުހައްގު މުއްސަނދިކަމުގެ ވާހަކަ ދެއްކުމުން ހަގީގީ މަގްސަދު ހާސިލުނުވާ ކަމަށާއި ކަމެއް ކުރާނަމަ ކުރަންވާނީ ހެޔޮ ނިޔަތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އެމްޑީޕީ ސަރުކާރުގައި ހެދި އެސެޓް ރިކަވަރީ ކޮމިޝަނަށް ވެސް ނަތީޖާ ނުނެރެވޭކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ކޮމިޝަނުން ހޯދުންތަކެއް ހޯދާފައިވާނަމަވެސް ދައުލަތުން ގެއްލުނު ފައިސާ ނުހޯދޭ ކަމަށާއި، އެކަމުން ރައްޔިތުންނަށް ވީ ފައިދާއެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: