ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީ ޕީޖީން އިންވެސްޓަރަކާ ބައްދަލުކުރި ކަމަށް ބުނެ ފެތުރީ ދޮގެއް: ފަލާހު

ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ މެންބަރުން އެއްވެސް އިންވެސްޓަރަކާއި ބައްދަލުކޮށް، ކައިބޮއެ މަޝްވަރާކޮށްފައި ނުވާނެ ކަމަށް އެ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ، ދުބާއީގެ މަޝްހޫރު ވިޔަފާރި ކުންފުނި އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު ރާއްޖެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ބައްދަލުކުރެއްވި ކަމަށް ބުނެ އަދަދު ނޫހުގައި ޝާއިއުކޮށްފައިވާ ޚަބަރަކާ ގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

”ޕީއެންސީ ޕާލިމެންޓްރީ ގްރޫޕް އެއްވެސް އިންވެސްޓަރަކާއި ބައްދަލުކޮށް ކައިބޮއެ މަޝްވަރާކޮށެއް ނުހަދާ،“ ފަލާހު

ފަލާހު ވިދާޅުވީ، އަދަދު ނޫހުން ޝާއިރުކޮށްފައިވާ ޚަބަރަކީ ”ރޯބުހުތާން ބޮޑު ދޮގެއް“ ކަމަށާއި، ޕީއެންސީގެ ޕީޖީ ގްރޫޕުން އެއްވެސް އިންވެސްޓަރަކާއި އެފަދަ އެއްވެސް ބައްދަލުވުމެއް ބާއްވާފައި ނުވާނެ ކަމަށެވެ. އަދި އަދަދު ނޫހަކީ ގައުމު ފަސާދަކުރުމުގައި ނަމޫނާ ދައްކަމުންދާ ނޫހެއް ކަމަށް ފަލާހު ވަނީ ސިފަކުރައްވާފައެވެ.

”އަދަދު ނޫހަކީ މި ގައުމު ފަސާދަކުރުމުގައި ނަމޫނާ ދައްކާ ނޫހެއް ތަނެއް ދޮރެއް ބެލުމެއްނެތި މި ނޫނަސް ދުނިޔެއެއް އޮތަކަންވެސް ބަލާލުމެއްނެތި މިހިރަ ފަތުރާ ނުބައި ދޮގު ވާހަކަ ބަލާބަލަ،“ ފަލާހު

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރު ރާއްޖެ ވަޑައިގެންފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އަލައްބާރު ރާއްޖެއަށް ވަޑައިގެން ބައެއް މީޑިއާތަކާ ބައްދަލުކޮށް، ވަނީ ހާއްސަ ބަސްދީގަތުން ދެއްވާފައެވެ. އޭނާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތީ ބުރާސްފަތި ދުވަހުއެވެ.

އަލައްބާރަކީ ޔޫއޭއީއަށް ނިސްބަތްވާ، ދުނިޔޭގެ ފެންވަރުގައި ނަން މަޝްހޫރު ބިލިއަނަރެއް އަދި ކާމިޔާބު ވިޔަފާރިވެރިއެކެވެ. އޭނާއަކީ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ”ބުރުޖް ޚަލީފާ“ އާއި މަޝްހޫރު ”ދުބާއީ މޯލް“ ބިނާކުރި އީމާރް ޕްރޮޕަޓީޒްގެ ވެސް ބާނީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: