ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި ސާފު ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ ލިބިއްޖެ: ބީއެމްއެލް

ފޮޓޯ: ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ ލިބި، ބޭންކުގެ ތާރީޚުގައި ވެސް ނުވަ މަސްދުވަހުގެ މުއްދަތެއްގައި އެންމެ ބޮޑު ފައިދާއެއް ހޯދި ރެކޯޑު ގާއިމުކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި  މިއީ 30 ސެޕްޓެންބަރު 2026 އަށް ނިމުނު ނުވަ މަސްދުވަހުގެ މާލީ ނަތީޖާ ދައްކާގޮތުން، 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު %26 ގެ ކުރިއެރުމެކެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެކަނިވެސް ސާފު ފައިދާގެ ގޮތުގައި 647.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 475.4 މިލިއަން ރުފިޔާއަށް ވުރެ %36 އިތުރު އަދަދެކެވެ. މި މުއްދަތުގައި ބޭންކުގެ ރައުސްމާލުގެ ފުދުންތެރިކަން އިތުރަށް ވަރުގަދަވެފައިވާއިރު، ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ ހުރީ %38 ގައެވެ. މިއީ ރެގިއުލޭޓަރީ ގޮތުން ކަނޑައަޅާފައިވާ އެންމެ ދަށް މިންގަނޑު ކަމަށްވާ %12 އަށްވުރެ ތިން ގުނަ މަތީ އަދަދެކެވެ.

ބީއެމްއެލްގެ ރިޕޯޓުގައިވާ ގޮތުންން ކަސްޓަމަރުންގެ އިތުބާރު ބޮޑުވެ، ބޭންކުގައި ބަހައްޓާފައިވާ ޖުމްލަ ޑިޕޮސިޓް ވަނީ 42.36 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2025 ވަނަ އަހަރުގެ ނިޔަލަށް ހުރި 37.19 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު %14 ގެ އިތުރުވުމެކެވެ. މީގެއިތުރުން، ލޯނު ދޫކުރުމުގައި ވެސް އައު ރެކޯޑެއް ވަނީ ގާއިމުކުރެވިފައެވެ. އެގޮތުން އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި އަލަށް ދޫކުރި ލޯނުތަކުގެ ޖުމްލަ 12.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރު މުޅި އަހަރަށް ދޫކުރި ޖުމްލަ ލޯނަށްވުރެ ވެސް އިތުރު އަދަދެކެވެ.

ބޭރު ފައިސާގެ މުއާމަލާތްތަކަށް ބަލާއިރު، 373,600 އަށްވުރެ ގިނަ ރެމިޓަންސް މެދުވެރިކޮށް ރާއްޖޭން ބޭރަށް ޖުމްލަ 2.86 ބިލިއަން ޑޮލަރު ވަނީ ފޮނުވާފައެވެ. ހަމައެއާއެކު، ދިވެހި ރުފިޔާއަށް ބަދަލުކޮށް ކަސްޓަމަރުންނަށް ދޫކުރި ބޭރު ފައިސާގެ އަދަދު 722.1 މިލިއަން ޑޮލަރަށް އަރައެވެ. މިއީ 2025 ވަނަ އަހަރުގެ މުޅި އަހަރު ދޫކުރި 733.8 މިލިއަން ޑޮލަރާ ގާތްގަނޑަކަށް އެއްވަރުގެ އަދަދެކެވެ. އަދި މަހެއްގެ މައްޗަށް އެވްރެޖްކޮށް 80.2 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރުގެ މަހަކަށްޖެހޭ އެވްރެޖަށްވުރެ %31 ގެ ކުރިއެރުމެކެވެ.

ކޮންމެ އަހަރަކުވެސް ސެޕްޓެންބަރު މަހަކީ ރާއްޖެއަށް ބޭރު ފައިސާ ވަންނަ މިންވަރު އާންމުކޮށް އެންމެ ދަށް މަސް ކަމަށްވާތީ، ބޭންކުން އަބަދުވެސް އެކަމަށް ދުރާލައި ފިޔަވަޅުތައް އަޅައެވެ. އަދި އަހަރުގެ ހަތަރުވަނަ ކުއާޓަރާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަން ފެށުމުން ބޭރު ފައިސާ ވަންނަ މިންވަރު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: