ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީ ގައުމީ މަޖިލިސް.-- ފޮޓޯ: / މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ މަޖިލީހުގެ އެކި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ހަމަވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 20 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް އެ ޕާޓީގެ މެންބަރުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ. މަޤާމުތަކަށް ވާދަކުރަން އެދޭ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ”ޔެލޯ“ އެޕްލިކޭޝަން މެދުވެރިކޮށް ފޯމު ހުށަހަޅަންޖެހޭއިރު، ކޮންމެ ކެންޑިޑޭޓަކު ވެސް އިދާރީ ފީއެއްގެ ގޮތުގައި 1،000 ރުފިޔާ ދައްކަން ޖެހެއެވެ.

މި އިންތިޚާބުގައި އަތޮޅުތަކާއި ސިޓީތަކާއި ދާއިރާތަކުގެ މަޤާމުތަކުގެ އިތުރުން، އެމްޑީޕީގެ އަންހެނުންގެ ރޫޙާއި ޒުވާނުންގެ ހިތްވަރުގެ އިސް މަޤާމުތަކަށް ވެސް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު ހިނގަމުންދާ ޤައުމީ މަޖިލީހުގެ ދައުރު ހަމަވެފައިވާތީ، އާ މަޖިލިސް އިންތިޚާބު ކުރުމަށް ބާއްވާ ވޯޓުލުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

މި މަހުގެ ކުރީކޮޅު ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ފާސްކުރި އާ އަސާސީ ޤަވާއިދާ ގުޅިގެން، އެ ޕާޓީގެ ޤައުމީ މަޖިލިސް އެކުލެވިގެންވާ ގޮތަށް ބޮޑެތި އިސްލާޙުތަކަކާއި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: