ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖު ކޯޕަރޭޝަނުން، ރަމަޟާން މަހުގެ ފަހު 15 ގައި ގަމުން ޖިއްދާއަށް ސީދާ އުމްރާ ދަތުރުތައް ފަށަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ އުމްރާއަށް ހާއްސަކޮށްގެން އައްޑޫ ސިޓީ ގަމުން ސައޫދީ އަރަބިއްޔާގެ ޖިއްދާއަށް ސީދާ ދަތުރުތައް ފެށުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.

މިއީ އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާން ބޭނުންވާ އައްޑޫ ސިޓީއާއި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ދަތުރުގެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ ގޮތުން ހައްޖު ކޯޕަރޭޝަނުން އިންތިޒާމުކުރާ ހާއްސަ ދަތުރެކެވެ.

ރަމަޟާން މަހުގެ ފަހު ފަނަރައަށް ހާއްސަކޮށްގެން ބާއްވާ މި ފްލައިޓުގެ ދަތުރު އޮންނާނީ ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހު އައްޑޫ ސިޓީ ގަމުން ސީދާ ޖިއްދާއަށެވެ. ރަމަޟާން މަހުގެ ފަހު ފަނަރަ އުމްރާ ޕެކޭޖުގެ އަގަކީ 48،965 ރުފިޔާއެވެ. މީގެ އިތުރުން މުޅި ރަމަޟާން އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުސަތު ހައްޖު ކޯޕަރޭޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ. މުޅި ރަމަޟާން އުމްރާ ޕެކޭޖުގެ އަގަކީ 54،965 ރުފިޔާއެވެ.

ހައްޖު ކޯޕަރޭޝަނުން މިހާރު ވަނީ ރަމަޟާން އުމްރާގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ކަށަވަރުކުރުމުގެ ފުރުޞަތުވެސް ހުޅުވާލާފައެވެ. އެގޮތުން އުމްރާގެ ޖާގަ ކަށަވަރުކުރެވޭނީ ހައްޖު ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް ”ފަހެލި“ މެދުވެރިކޮށްގެންނާއި، ކޯޕަރޭޝަންގެ ވެބްސައިޓް (hajj.mv) މެދުވެރިކޮށެވެ.

ހައްޖު ކޯޕަރޭޝަނުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ހައްޖުވެރިންނާއި އުމްރާވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ލުއިފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށެވެ. އެގޮތުން އުމްރާ ދަތުރު ޕެކޭޖުތަކުގައި ފޯރުކޮށްދޭ ބައެއް ހިދުމަތްތަކުގެ ތެރޭގައި:

  • ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން ކްލިނިކްގެ ހިދުމަތް
  •  ފާމަސީގެ ހިދުމަތް
  • ހިލޭ ވެކްސިން ޖަހައިދިނުން
  • މަދީނާއަށް ދަތުރުކުރުމަށް ހައިސްޕީޑް ރޭލުގެ ހިދުމަތް
  • މަދީނާގައި 3 ރޭ ހޭދަކުރުން
  • މީރު ދިވެހި ކެއުން
  • ލޯންޑްރީ އަދި އިސްތިރިކުރުމުގެ ހިދުމަތް
  • ދީނީ އިލްމުވެރިންގެ ދަރުސްތަކާއި އަޅުކަމުގެ އިރުޝާދު ދިނުން
  • އުމްރާ ކިޓް
  •  ބަގީގެ ހިދުމަތް
  • ލޮކޭޝަން ޓްރެކިންގ ޑިވައިސް

މީގެ އިތުރުން، ހައްޖު ކޯޕަރޭޝަންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި، ޖުލައި މަހާއި، ޑިސެމްބަރު މަހުގެ އިތުރުން ބަރަކާތްތެރި ރަމަޟާން މަހު އައްޑޫ ސިޓީ ގަމުން ޖިއްދާއަށް ސީދާ އުމްރާ ދަތުރުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމެވެ.

މި ދަތުރުތައްއިންތިޒާމުކުރުމަށް ފަހިވެފައިވަނީ، ގައުމީ އެއަރލައިންއިން ވައިޑް-ބޮޑީ އޮޕަރޭޝަންތައް ފެށުމާ ގުޅިގެންނެވެ. މިއީ މި ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި އިތުރަށް ފުޅާކުރުމަށް ހައްޖު ކޯޕަރޭޝަނަށް ލިބިގެންދިޔަ ބޮޑު ބާރެކެވެ. އަދި މިއީ ދެކުނުގެ ރައްޔިތުން މާލެ ދަތުރުކުރަން ނުޖެހި، ފަސޭހަކަމާއެކު އުމްރާގެ އަޅުކަމަށް، ދަތުރުކުރެވޭނެ މަގު ދެމެހެއްޓެނިވި ގޮތެއްގައި ފަހިކޮށްދިނުމަށް ހައްޖު ކޯޕަރޭޝަނުން ނިންމި މުހިންމު ނިންމުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: