ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ނަޒީމް ވަކިކޮށް، އެ ކުންފުނީގެ ހިންގުން އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީއާ ހަވާލުކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒަން ބޯޑު (ޕީސީބީ) އިން ބުނީ، އާރްޑީސީގެ އެމްޑީގެ މަގާމުންނާއި، ޑިރެކްޓަރުންގެ ބޯޑުން، އިބްރާހިމް ނަޒީމް ވަކިކޮށް، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީ 14 އޮކްޓޯބަރު 2026 އިން ފެށިގެން އައްޔަނުކޮށްފައިވާ ކަމަށެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ރީސްޓްރަކްޗަރކުރުމުގެ ސިޔާސަތުގެ ދަށުން އާރްޑީސީ އުވާލައި، އެ ކުންފުނީގެ ހުރިހާ މަސައްކަތްތަކެއް އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ނިންމާފައިވާކަން ސަރުކާރުން އިއުލާނުކުރީ. ސެޕްޓެމްބަރު 7، 2026 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ހަރަދުކުޑަކުރުމުގެ ގޮތުން، ކުންފުނިތައް ހިންގުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، ފެނަކަ އުވާލައި އެ ކުންފުނިން ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ހުރިހާ ރަށަކަށް އެ ހިދުމަތް ފޯރުކޮށްދިނުމަށް ސްޓޭލްކޯއާ ހަވާލުކުރަން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.
އެގޮތުން، ޕީސީބީން ވަނީ ފެނަކަ ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު ހުސައިން އަފީފު މަގާމުން ވަކިކޮށްފައިވާކަން އިއުލާނުކޮށްފައެވެ.

