ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީގެ މައްސަލަތައް ނުބެލި ލަސްވާތީ ހައިލަމް ސުވާލު ރައީސް ނަޝީދަށް!

މަޖިލީހުގެ ރައީސް ނަޝީދު އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ ހައިލަމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު ޙީޔާނާތް ކަމުގައިވާ އެމްއެމްޕީއާރުސީގެ ޙިޔާނާތުގެ ގިނަ މައްސަލަތައް ކޯޓުތަކަށް ހުށަހެޅިފައިވާއިރު އެ މައްސަލަތައް ނުބެލި ލަސްވާތީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުއަށް ސުވާލުތަކެއް ކުރިމަތި ކުރުވައިފިއެވެ. 

އެމްއެމްޕީއާރުސީގެ މައްސަލައިގައި ހައިލަމްގެ ސުވާލުތަކެއް ރައީސް ނަޝީދު އަށް ކުރިމަތި ކުރައްވާފައި މިވަނީ އެމްއެމްޕީއާރުސީގެ ޙިޔާނާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލުގައި އޮންނެވުމަކީ އިންސާފް ގާއިމް ކުރެވުން ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. 

ކްރިމިނަލް ކޯޓަށް ރައީސް ޔާމީޏްގެ މައްސަލަ ހުށަހެޅިގެން ދިޔައިރު އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ ހައިލަމް ރައީސް ނަޝީދުއަށް އަމާޒް ކުރައްވައި ކުރެއްވި ޓުވީޜްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން އެމްއެމްޕީއާރުސީގެ ޙިޔާނާތާއި ގުޅޭ 30 މައްސަލަ ކޯޓުތަކަށް ހުށަހެޅި އެ މައްސަލަތަކުން ދައުލަތަށް 600 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބޭނެކަން ކަމަށް ވިދާޅުވިއެވެ. 

އެގޮތުން ހައިލަމް ވިދާޅުވީ އެމްއެމްޕީއާރުސީ ގިނަ މައްސަލަތަކެއް ކޮޓުތަކަށް ހުށަހެޅިފައިވާއިރު އެ މައްސަލަތައް ނުބެލި ކުރިއަށް ނުގޮސް ލަސްވާ ސަބަބު ހޯދައި ދެނެގަތުމަކީ ރައީސް ނަޝީދުވެސް އެ ކޮމިޝަނަކަށް ނިސްބަޔްވާ ޖުޑިޝަް ސާވިސް ކޮމިޝަން (ޖޭއެސްސީ) މަސްއޫލީއްޔަތެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދަށް ސުވާލު ކުރިމަތި ކުރެއްވިއެވެ. 

https://twitter.com/AhmedHailam/status/1263950552846577664

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ފައިސާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެންބަރެއްގެ އިތުރުން މިހާރު މަޖިލީހުގެ 16 މެންބަރަކަށް ލިބިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. 

އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމަށް ދޫކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ޖަމާކުރީ، މިއުޒިކް ބޭންޑެއްވެސް ހިންގަމުން އައި ސްކޯޒް އޮފް ފްލެއާ (އެސްއޯއެފް) ގެ އެކައުންޓަކަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހްގީގު ރިޕޯޓު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި އަހަރުގެ ފެބްރުއަރީ މަހު ނެރުމާއި އެކު ތަފާތު އެތައް ކަމެއް ވަނީ ފެންމަތިވެގެން ގޮސްފައެވެ. އެގޮތުން ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ލިބުނު ފައިސާ ދައުލަތުގެ ހަޒާނާއަށް ނުވަދެ ގެއްލިފައިވާއިރު  ހިޔާނާތުގެ ފައިސާ ލިބުނު އެންމެން އަދިވެސް ސާފެއް ނުވެއެވެ. ފައިސާ ޖަމާވި އެކައުންޓުތަކުގެ ތެރެއިން އޭސީސީގެ ރިޕޯޓުގައި ވަނީ މަދު ބައެކެވެ. އެއީ 177 މީހުންނެވެ. އެހެން ނަމަވެސް، އެ ފައިސާ އެކި ގޮތް ގޮތުން ވަނީ ދައުރުކޮށްފައެވެ. އެސްއޯއެފްއިން އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރުމަށްފަހު، އަދި އެ އެކައުންޓުން އިތުރު އެކައުންޓަކަށް ހަމަ އެ ފައިސާ ޖަމާކުުރުމަށްފަހު، ނަގުދު ފައިސާގެ ގޮތުގައި މީހުންނާއި ވަނީ ހަވާލުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: