ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީއޭ ކިޔައިގެން ފަށައިގަތަސް ބިރެއް ނުގަނޭ: ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ގޮތުން ހިޔާލް ތަފާތުވާ ކޮންމެ ފަހަރަކު އެމްއެމްޕީއާރުސީއޭ ކިޔައިގެން ވާހަކަ ދެއްކި ނަމަވެސް ބިރު ނުގަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްނަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. 

ރޮޒައިނާ މިފަދައިން ވިދާޅުވެފައި މިވަނީ މީސްމީޑިއާގައި އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅުވައި އެމްޑީޕީއަށް ވެސް ނިސްބަޔްވާ ބައެއް އެކްޓިވިސްޓުން ރޮޒައިނާއަށް ފާޑުކިޔުންތައް އަމާޒްކޮށް ތަފާތުއެކި ތުހުމަތުތައް ކުރަން ފެށުމުންނެވެ. 

ރޮޒައިނާ ކުރެއްވި ޓުވިޓުގައި ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްއެމްޕީއާރުސީގެ ޙިޔާނާތުގެ މައްސަލަ ބަލަން ހުށަހެޅީ އޭނާ ކަމަށާއި އަދި އެމްއެމްޕީއާރުސީން އޭނާ ކުރި ވައްކަމެއް ނޮއޮންނާނެ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު ވެސް އޭނާ އެދިވަޑައިގަންނަވަނީ އެމްއެމްޕީއާރުސީގެ މައްސަލަ ވީހާވެސް އަވަހަކަށް ބަލައި ނިންމުމަށް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. 

https://twitter.com/Roxeyna/status/1263946444412772352

ރޮޒައިނާ ވިދާޅުވީ ސިޔާސީ ގޮތުން ހިޔާލްތަފާތުވުން އަންނަ ކޮންމެ ފަހަރަކު އެމްއެމްޕީއާރުސީއޭ ކިޔައިގެން ވާހަކަ ދެއްކި ނަމަވެސް އޭނާ އެއްވެސް ބިރެއް ނުގަންނާނެ ކަމަށެވެ. 

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ފައިސާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެންބަރެއްގެ އިތުރުން މިހާރު މަޖިލީހުގެ 16 މެންބަރަކަށް ލިބިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުންނާއި، އޭސީސީގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަނުން ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދުލުވުމެއްގައި، އެސިސްޓެންޓް ޕޮލިސް ކޮމިޝަނާ މުހައްމަދު ރިޔާޒް ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ ފައިސާތައް ދައުރުވާން ފެށީ 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ހަމައިން ކަމަށެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމަށް ދޫކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ޖަމާކުރީ، މިއުޒިކް ބޭންޑެއްވެސް ހިންގަމުން އައި ސްކޯޒް އޮފް ފްލެއާ (އެސްއޯއެފް) ގެ އެކައުންޓަކަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހްގީގު ރިޕޯޓު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި އަހަރުގެ ފެބްރުއަރީ މަހު ނެރުމާއި އެކު ތަފާތު އެތައް ކަމެއް ވަނީ ފެންމަތިވެގެން ގޮސްފައެވެ. އެގޮތުން ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ލިބުނު ފައިސާ ދައުލަތުގެ ހަޒާނާއަށް ނުވަދެ ގެއްލިފައިވާއިރު  ހިޔާނާތުގެ ފައިސާ ލިބުނު އެންމެން އަދިވެސް ސާފެއް ނުވެއެވެ. ފައިސާ ޖަމާވި އެކައުންޓުތަކުގެ ތެރެއިން އޭސީސީގެ ރިޕޯޓުގައި ވަނީ މަދު ބައެކެވެ. އެއީ 177 މީހުންނެވެ. އެހެން ނަމަވެސް، އެ ފައިސާ އެކި ގޮތް ގޮތުން ވަނީ ދައުރުކޮށްފައެވެ. އެސްއޯއެފްއިން އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރުމަށްފަހު، އަދި އެ އެކައުންޓުން އިތުރު އެކައުންޓަކަށް ހަމަ އެ ފައިސާ ޖަމާކުުރުމަށްފަހު، ނަގުދު ފައިސާގެ ގޮތުގައި މީހުންނާއި ވަނީ ހަވާލުކޮށްފައެވެ.

ނޫސްވެރިންނާއި މައުލޫމާތު ހިއްސާކުރައްވަމުން އެންމެ ފުރަތަމަވެސް ރިޔާޒް ވިދާޅުވީ އޭސީސީގެ ކުރީގެ ތަހުގީގީ ރިޕޯޓުގައި 177 މީހުންގެ ނަން ހާމަކޮށްފައި ވީ ނަމަވެސް މިޙާރު ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އެ އަދަދު 267 އަށް އަރާކަމަށެވެ. އެގޮތުން އޭގެ ތެރޭގައި މި ސަރުކާރުގެ 7 ބޭފުޅަކާއި، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެންބަރެއްގެ އިތުރުން ކޯޓުތަކުގައި ތިއްބެވި 8 ފަނޑިޔާރުންނަށް ވެސް ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ މަޖިލީސް އިންތިހާބާއި ދިމާކޮށް ޕާޓީތަކުން ބާއްވާފައިވާ ޕްރައިމެރީތަކާއި، ޕްރައިމެރީތައް ކާމިޔާބު ކުރުމަށްފަހު މަޖިލީސް އިންތިހާބަށް ވެސް ހިޔާނާތުގެ ފައިސާ ހަރަދުކޮށްފައިވާ ކަމަށެވެ. ރިޔާޒް ވިދާޅުވީ މެމްބަރުން މަޖިލީސް އިންތިހާބު ކާމިޔާބު ކުރުމަށްފަހު އޭގެ ފަހުން އައި މަޖިލީސް ރައީސަކު ހޮވުމަށްވެސް އެމްއެމްޕީއާރުސީގެ ފައިސާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ތެރެއިން ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ވެސް ފައިސާ ހަރަދުކޮށްފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަގާމުތަކަށް މީހުން އައްޔަން ކުރުމާއި، ވަކި ކުރުމަށް ވެސް ނުފޫޒު ފޯރުވުމަށް ރިޝްވަތުގެ ގޮތުގައި މެމްބަރުންނަށް ފައިސާ ދީފައިވާކަމަށް ރިޔާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: