ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރައިމަރީގައި ވޯޓު ދޭންވީ އަޅުގަނޑުގެ ހުށަހެޅުމަށް، އެއީ ވަރަށް ގިނަ މައްސަލަތަކުގެ ހައްލު: ފައްޔާޒް

ފައްޔާޒް އިސްމާއިލް "ސަންގު ޓީވީ" އަށް ދެއްވި ހާއްސަ ބަސްދީގަތުމުގެ ތެރެއިން --
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ދޭންވީ އޭނާ ހުށަހަޅުއްވާފައިވާ ބޮޑު ބަދަލުގެ ސިޔާސަތުތަކަށް ކަމަށާއި އެ ހުށަހެޅުމަކީ ގައުމަށް މިހާރު ދިމާވެފައިވާ ވަރަށް ގިނަ މައްސަލަތަކުގެ ހައްލު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ”ސަންގަށް“ ދެއްވި ހާއްސަ ބަސްދީގަތުމެއްގައި، އެމްޑީޕީގެ ރިޔާސީ ޓިކެޓު ފައްޔާޒަށް ދެއްވަން ޖެހޭ ސަބަބާ ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ވިދާޅުވީ، ވޯޓު ދޭންވީ އޭނާ ހުށަހަޅުއްވާ އިސްލާހީ ބަދަލުތަކަށް ކަމަށެވެ.

”ފައްޔާޒް އިސްމާއީލަކަށް ޓިކެޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް. ޓިކެޓު ދޭންޖެހޭ ސަބަބެއް އޮތީ އަޅުގަނޑު ހުށަހަޅާ ހުށަހެޅުމަށް. އެ ހުށަހެޅުމަކީ މިއަދު ގައުމަށް ދިމާވެފައި ހުރި ވަރަށް ގިނަ މައްސަލަތަކުގެ ހައްލު،“

ރާއްޖެ ޑިމޮކްރެސީއަކަށް ބަދަލުވި ދުވަސްވަރު އެ ހަރަކާތުގައި އާދައިގެ ފެންވަރެއްގައި ޒުވާނެއްގެ ހައިސިއްޔަތުން މަސައްކަތްކުރެއްވި ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ވަކި ހިސާބަކުން ސިޔާސަތު ކަނޑައެޅުމާއި ތަންފީޒުކުރުމުގައި އުޅުއްވި ކަމަށާއި އަބަދުވެސް މަސައްކަތްކުރައްްވަނީ ރައްޔިތުންނާ ގާތުން ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން، އޭނާގެ ހުށަހެޅުންތަކަކީ، ތަނެއްގައި ތިބި އެކްސްޕާޓުންތަކެއް ލިޔެފައި ދީގެން އޭނާ ހުށަހަޅާ ހުށަހެޅުންތަކެއް ނޫން ކަމަށާއި، އެއީ އަމިއްލަ ހިޔާލަށް މައްސަލަތަކާއި ގޮންޖެހުންތަކެއް ގެނެސްގެން އެކަންކަމަށް މަޝްވަރާކޮށްގެން ހައްލު ހޯދަން ހުށަހަޅުއްވާ ކަންކަން ކަމުގައި ފައްޔާޒް ވިދާޅުވިއެވެ. އަދި އެ ހުށަހެޅުންތައް އެންމެ ފުރިހަމަ ގޮތެއްގައި ތަންފީޒުކުރެވޭނީ އޭނާއަށް ކަމަށް ގަބޫލުފުޅުކުރައްވާކަމަށް ވިދާޅުވިއެވެ.

އެ ހުށަހެޅުންތައް ރައްޔިތުންނަށް ކަމުދާނަމަ އޭނާ ނޫން މީހަކަށް ވޯޓު ދޭންޖެހޭ ސަބަބެއް އޮތް ކަމަކަށް ގަބޫލުފުޅުނުކުރައްވާކަމަށް ފައްޔާޒް ވިދަޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވެފައިވަނީ، އޭނާ ހުށަހަޅުއްވާ ބޮޑު ބަދަލު ތަންފީޒުކުރުމުން ވެރިއަކަށް އަންނަ މީހާ ހިތުހުރިހާ ގޮތަކަށް ގައުމުގެ ކަންކަން އަނބުރާލުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.

މި މަހުގެ އެއްވަނަ ދުވަހު ފެށި އެމްޑީޕީގެ ކޮންގްރެސްގައި، ފައްޔާޒް ހުށަހެޅުއްވި ބޮޑު ބަދަލުގެ ކަރުދާސް ކޮންގްރެސްއިން ފާސްކުރީ ބޮޑު އަގުލަބިއްޔަތަކުންނެވެ. އެގޮތުން ޖަލްސާ މާލަމުގައި ހާޒިރުވެ ތިބި 563 މަންދޫބުންގެ ތެރެއިން 520 މަންދޫބުންގެ އެ ހުށަހެޅުން ފާސްކުރަން ވޯޓު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: