ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓިކް ނިޒާމަށް އިތުބާރު ކުޑަވެފައިވާ މި ދަނޑިވަޅުގައި، އެ އިތުބާރު އަލުން ހޯދައިދެވޭނީ ފައްޔާޒަށް: މޭޔަރު ނިޒާރު

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ވެރިކަންތައް ބަދަލުވަމުން އައި ނަމަވެސް، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ވެރިކަން ހިނގާކަމާމެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލިފައިވާ ކަމަށާއި، އެ އިތުބާރު އަލުން ހޯދައިދެވޭނެ ހަމައެކަނި ލީޑަރަކީ ފައްޔާޒް އިސްމާއީލް ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕްރައިމަރީގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު، ފައްޔާޒަށް ފުރިހަމައަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފިއެވެ.

މޭޔަރު ނިޒާރު މިހެން ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕޭނަށް ފަޔާޒް އިސްމާއީލް މިހާރު އައްޑޫގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެން ”ސަންގު“ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މޭޔަރު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަކުރެވެނީ ޑިމޮކްރަސީގެ ތެރެއިން ވެރިކަންތައް ބަދަލުވަމުން އައި ނަމަވެސް، ހަގީގީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ވެރިކަން ހިނގާކަމުގެ އިތުބާރު ރައްޔިތުންނަށް ނުލިބި އޮތް މައްސަލަ ކަމަށެވެ. މިއީ މިއަދު ފެންނަން އޮތް ހަގީގަތް ކަމަށާއި، މި ނިޒާމަށް ބޭނުންވާ ހެޔޮ ބަދަލު ގެނެވިދާނެ ކަމުގެ ޔަގީންކަމާއި ތަސައްވުރާއެކު އެމްޑީޕީގެ ޕްރައިމަރީއަށް ނުކުމެވަޑައިގަތީ ފައްޔާޒް ކަމަށް ނިޒާރު ވިދާޅުވިއެވެ.

”ރާއްޖޭގެ ޑިމޮކްރަސީ ތެރެއިން މިހާތަނަށް ވެރިކަންތައް ބަދަލުވަމުން އައިއިރުވެސް ބަދަލުނުވި އެއް ކަމަކީ ރައްޔިތުންގެ އިތުބާރު. ޑިމޮކްރެޓިކް ޕްރޮސެސްގެ ތެރެއިން ވެރިކަން ހިނގާކަމުގެ އިތުބާރެއް ރައްޔިތުންނަކަށް ނެތް. އެ ބަދަލު ގެނެވިދާނެ ކަމުގެ ފުރިހަމަ ވިސްނުމާއެކު މި ނުކުންނެވީ ފައްޔާޒް،“ މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ފައްޔާޒް ގެންގުޅުއްވާ އިގްތިސާދީ ސިޔާސަތުތަކާއި އިޖްތިމާއީ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ވިސްނުންފުޅަށް މޭޔަރު ވަނީ ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ. އެގޮތުން، ގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ފައްޔާޒް އެކަށައަޅުއްވާފައިވާ ސިޔާސަތުތަކަކީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އޭގެ ލާބައާއި މަންފާ އެންމެ އެދެވޭ ގޮތުގައި ލިބިގެންދާނެ ހަރުދަނާ ސިޔާސަތުތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ހާއްސަކޮށް، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އައްޑޫ ސިޓީގައި ހިންގުނު ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ އެންމެ އިސް މޭސްތިރިއެއްގެ ގޮތުގައި ފައްޔާޒް ކުރެއްވި ބުރަ މަސައްކަތްޕުޅުތައް މޭޔަރު ނިޒާރު ފާހަގަކުރެއްވިއެވެ. އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުންނާ ވަރަށް ގާތުން ފައްޔާޒް މަސައްކަތް ކުރެއްވި ކަމަށާއި، އޭގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށާއި މުޅި ގައުމަށް ބޮޑެތި މަންފާތަކެއް ލިބިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

”އައްޑޫ ސިޓީގައި ހިންގި ގިނަ ޕްރޮޖެކްޓްތަކުގެ މޭސްތިރިއަކީ ފައްޔާޒް. އެ މަސައްކަތްތަކުގައި އަޅުގަނޑުމެންނާއެކު ވަރަށް ގާތުން އޭނާ މަސައްކަތްކުރެއްވި. އައްޑޫގެ އިތުރުން މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ބޮޑުތަނުން މަންފާވާނެ ސިޔާސަތުތަކެއް ފައްޔާޒްގެ އެބައޮތް. އަޅުގަނޑު ފައްޔާޒަށް ތާއީދު މި ކުރަނީ އެ ޔަގީންކަން އޮތީމަ،“ މޭޔަރު ވިދާޅުވިއެވެ.

އެހެންކަމުން، ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮތް ވެރިކަމުގެ ނިޒާމެއް ގާއިމުކުރުމަށާއި، ގައުމާއި ރައްޔިތުންނަށް ފައިދާހުރި ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒު ކުރުމަށްޓަކައި، އެމްޑީޕީގެ ޕްރައިމަރީގައި ފައްޔާޒް އިސްމާއީލަށް ތާއީދުކުރައްވަން ނިންމެވީ އެ ސިޔާސަތުތަކަށް އޮތް ފުރިހަމަ އިތުބާރެއްގެ ސަބަބުން ކަމަށް މޭޔަރު ނިޒާރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: