ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުދޫ، މީދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ފައްޔާޒަށް: ވިދާޅުވީ ބަދަލުތައް ގެންނާނީ ރައްޔިތުންގެ އަޑު އައްސަވާފައިކަމަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުދޫ، މީދޫގެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، މެނިފެސްޓޯގައި ރައްޔިތުން އެދޭ ކަންބޮޑުވުންތަކުގެ ހައްލު ހިމެނިގެންދާނެކަމުގެ ޔަގީންކަންއެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ވާދަކުރައްވާ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ދެއްވައިފިއެވެ.

އައްޑޫ އަތޮޅުގެ މީދޫ އަދި ހުޅުދޫއަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ފައްޔާޒް ވަނީ އެ ދެ ރަށުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ސިޔާސަތު ވޯކްޝޮޕްގެ ނަމުގައި ހާއްސަ ވޯކްޝޮޕެއް ބާއްވާފައެވެ. އެ ވޯކްޝޮޕަކީ ފައްޔާޒްގެ މެނިފެސްޓޯ ތައްޔާރުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

އެ ވޯކްޝޮޕްގައި ދެ ރަށުގެ ރައްޔިތުންވެސް ވަނީ އެރަށުގެ ރައްޔިތުންނަށް ދިމާވާ އެކި ގޮންޖެހުންތައް ހިއްސާކޮށްފައެވެ. އެގޮތުން އަސާސީ ހިދުމަތްތައް ފުރިހަމަނުވާކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ހިއްސާކުރިއެވެ. އަދި ސިއްހީ ނިޒާމުގެ ވާހަކައާއި ބޭސް ނުލިބުމުގައި ހުރި ދަތިތަކުގެ ނަތީޖާއަކަށް ވެގެންދަނީ އެތައް ދުވަހެއް ވަންދެން ދިގު އިންތިޒާރެއްގައި ހުންނަންޖެހުން ނުވަތަ މާލެ ފަދަ ތަނަކަށް ދިއުންކަން އާންމުން ފާހަގަކުރިއެވެ.

މީގެ އިތުރުން ބައެއް ރައްޔިތުން އެންމެ ބޮޑަށް ފާހަަގަކުރި އެއް ކަމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ރަނގަޅު މަގެއް ނެތް ކަމަށާއި ސަރުކާރުގެ ތެރެއިން ހާއްސަ ގޮތެއްގައި ރަަށްރަށުގައި އެފަދަ ވިޔަފާރިތައް ހިންގާ ފަރަތްތަކަށް އެކަންކަން ކުރުމަށް ބޮޑެތި ގޮންޖެހުނަތަކެއް ހުރި ކަމެވެ. އޭގެ އިތުރުން ޑޮލަރުގެ ދަތިކަމުުގެ މައްސަލަ އާއި ޑޮލަރު ހޯދުމަށް އުފުލަންޖެހޭ ތަކުލީފުތައް ހިއްސާކުރިއެވެ.

ރައްޔިތުންގެ ހުށަހެޅުންތަކަށް ހައްލުތައް ގެނެވޭނެ މަގު ކިޔައިދެއްވަމުން ފައްޔާޒް ވިދާޅުވީ ބައެއް ކަންކަމަކީ މުޖުަމައުގެ ތެރެއިން ރަނގަޅު ކުރެވެން ހުރި ކަންކަން ކަމަށެވެ. އެހެންނަމަވެސް ނިޒަމީ ގޮތުން ގެންނަން ޖެހޭ ބައެއް ބަދަލުތައް ހުރިކަން ފަހަގަކުރައްވައި ފައްޔާޒް ވިދާޅުވީ، ކައުންސިލްތަކާއެކު އަންހެނުންވެސް ބާރުވެރިކުރުވުމަކީ އެއީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ފަރާތްތަކުގެ މެންޑޭޓުވެސް ބޮޑުވާންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ ހުޅުދޫ އަދި މީދޫގެ ތަރައްގީގެ ވާހަކަ ދައްކާއިރު، ދެ ރަށްވެސް އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. މިއަދު މާލެއަށް ބެލިނަމަވެސް ތަރައްގީގެ މުހިންމު ސަބަބެއް ކަމަށް ފައްޔާޒް ފާހަގަކުރެއްވީ ހުރިހާ އަވަށްތަކެއް އެކުގައި މަސައްކަތް ކުރުމެވެ.

މީގެ އިތުރުން، ފައްޔާޒް ވިދާޅުވީ ބަދަލުތައް ގެންނަން ބޭނުންވަނީ ރައްޔިތުންގެ އަޑު އައްސަވާފައި ކަމަށާއި އެގޮތުން ރައްޔިތުންގެ ހިޔާލާ އެއްގޮތަށް މެނިފެސްޓޯއެއް އެކުލެވިގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: