ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ނިކަމެތި މީހާ ޕޮލިހަށް، ލާދީނީ ޓެގް އެޅުވި މީހާއަށް ބޮޑު މަގާމާއި ސެކިޔުރިޓީ“

ޕީއެންސީ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ އިސްތަށިފުޅުގައި ލާދީނީ ޓެގް އެޅުވި ސިޔާސީ މީހާއަށް ބޮޑު މަގާމާއި ސެކިޔުރިޓީ ދީފައިވާއު ނިކަމެތި މީހާއަށް އަށް އޮތީ ޕޮލިހަށް ހާޒިރުވުން ކަމަށް ޕީއެންސީ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. 

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ  ރައީސް މުހައްމަދު ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅުވައި އެމަނިކުފާނު ކީރިތި ރަސޫލާއަށް ނިސްބަތްކޮށް އިހާނެތި ބަސް ބޭނުން ކުރެއްވި ކަމަށް ބުނެ ވާހަކަ ދެއްކި މީހާގެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާކަން ފުލުހުން ހާމަލަ ކުރުމާއި ގުޅިގެންނެވެ. 

ރައީސް ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅުވައި އެމަނިކުފާނު ރަސޫލާއަށް ނިސްބަތްކޮށް އިހާނަތިކޮށް ބަސް ވިދާޅުވި ކަމަށް ބުނެ ވާހަކަ ދައްކާފައި ވަނީ ރ. އަނގޮޅިތީމު ޖީޒާގެ އަލީ އިބްރާހިމް އެވެ. އޭނާއާއި އޭނާގެ އިންޓަވިއު ގެނެސްދިން މީޑިއާއާ މެދު ތަހުގީގު ކުރުމަށް ފުލުހަށާއި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން މަޖިލީހުން ވަނީ އެދިފައެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. 

މި މައްސަލައާއި ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓުވިޓުގައި ވިދާޅުވީ ރައީސް ނަޝީދުގެ އިސްތަށިފުޅުގައި ލާދީނީ ޓެގް އެޅުވި ސިޔާސީ މީހާއަށް ބޮޑެތި މަގާމްތަކާއި ސެކިޔުރިޓީ ދީފައިވާއިރު މިއަދު ނިމަމެތި ރައްޔިތު މީހާއަށް ދާން ޖެހިފައި އޮތީ ޕޮލިހަށް ކަމަށެވެ. އާދަމް ޝަރީފް ކުރެއްވި ރައީސް ނަޝީދުގެ އިސްތަށިފުޅުގައި ލާދީނީ ޓެގް އެޅުވީ ކޮން ސިޔާސީ ބޭފުޅެއްކަން ބުނެފައި ނުވިނަމަވެސް ބެލެވޭ ގޮތުގައި އާދަމް ޝަރީފް އިޝާރާތް ކުރައްވާ ސިޔާސީ މީހަކީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއެވެ. 

އާދަމް ޝަރީފްގެ ޓުވިޓުގައި ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީން ރައީސް ނަޝީދުގެ ދިފާއުގައި ބަޔާން ނެރުނުއިރު ލާދީނީ ވާހަކަ އެންމެ ބޮޑަށް ދެއްކި މީހުންނާއިއެކު ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުގެ އޮތީ ހަނު ކަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރުން ހިންގަނީ ބޮޑުކެކުރި ކުޑަކެކުރީގެ ތަހުގީގު ކަމަށް ވެސް އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ބުނެފައި ވަނީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ނާގަލަން މަސައްކަތް ކުރުމާއި ނަފުރަތު އުފެއްދުމަށާއި ދީނީ ގޮތުން ބައިބައިވުން އުފެދޭ ގޮތަށް ވާހަކަ ދެއްކުމާއި އެފަދަ އަމަލުތައް ހިންގުމަކީ ގާނޫނުލް އުގޫބާތުގެ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: