ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުން މާސްކް އަޅުއްވައިގެން އެނބުރި ތަޅުމަށް!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަހާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕޯއޭ) އިން ކަނޑައަޅާފައިވާ އުސޫލްތަކުގެ ދަށުން މާސްކް އަޅުއްވައިގެން އިޖުތިމާއީ ގައިދުރުކަމާއިއެކު މަޖިލީޙުގެ ޖަލްސާތައް މަޖިލީޙުގެ ތަޅުމުގައި ކުރިއަށް ގެންދަން ނިންމައިފިއެވެ. 

ކޮވިޑް19ގެ ހާލަތުގައި ވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމާ އޮންލައިންކޮށް މަޖިލީހުގެ ޖަލްސާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް ނިއު ނޯމަލްގެ ދަށުން މަޖިލީހުގެ ޖަލްސާތައް ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ބާއްވަން ނިންމައި ޖަލްސާތަކުގެ އެތެރޭގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް މަޖިލީހުގެ އިދާރާއިން މިވަނީ އާންމުކޮށްފައެވެ. 

ކޮރޯނާ ވައިރަސްގެ މި ހާލަތުގައި މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ތަޅުމުގައި އިންތިޒާމް ކޮށްފައިވާ ގޮތަށް ބަލާއިރު ތަޅުމުގައި އެއްވަގުތެއްގައި އެންމެ ގިނަވެގެން ތިބެވޭނީ 42 މެމްބަރުންނަށެވެ. އަދި މެމްބަރުން އިށީނދެވަޑައިގެންތިއްވާނީ އެޗްޕީއޭއިން އަންގާފައިވާ ގޮތުގެ މަތިން ކަމަށާއި އެގޮތުން އެއްވަގުތެއްގައި އެއް މޭޒެއްފައި ތިބޭނީ ދެ މެމްބަރުން ކަމަށް މަޖިލީހުން އާންމުކުރި އުސޫލުގައި ވަނީ ބުނެފައެވެ. 

މަޖިލީހުގެ އިދާރާއިން ހާމަކުރި ގޮތުގައި ތަޅުމުގައި ވޯޓުކުމުގެ ކަންކަން ކުރިއަށްދާނީ އެޗްޕީއޭއިން އަންގާފައިވާ ގޮތަށް އިޖުތިމާއީ ގައިދުރުކަން ގާއިމްކޮށްގެންނެވެ. އެގޮތުން ހަމަޖެހިފައިވާ އިންތިޒާމްތަކުގެ ދަށުން މެބްަރުން ވޯޓުލުމަށް ފަހު މާލަމުން ނިކުމެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ވޯޓުލާ ވަގުތުގައި ވެސް ތަޅުމުގައި ގިނަވަގެން ތިބޭނީ42 މެމްބަަރުން ކަމަށާއި މެމްބަރުން ތިއްބަވަން ޖެހޭނީ މާސްކް އަޅުއްވައިގެން ކަމަށް ވެސް ވަނީ ބުނެފައެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ކަނޑައަޅުއްވާ މި އުސޫލްތަކުގެ ދަށުން މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ތަޅުމުގައި މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޖަލްސާގެ އިންތިޒާމް ހަމަޖައްސާނީ މަޖިލީހުގެ ސާޖަންޓް އެޓް އާންމްސް ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: