ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ފަތުުރުވެރިންގެ އަތުން ޓެކްސްނަގަންޖެހޭ ދަނޑިވަޅެއް ނޫން: ޓުއަރިޒަމް މިނިސްޓަރ

ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު. ފޮޓޯ: ޓޫރިޒަމްް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ދަނޑިވަޅަކީ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަތުން އިތުރު ޓެކްސްތައް ނަގަންޖެހޭ ދަނޑިވަޅެއް ނޫންކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދު މި ފަދައިން ވިދާޅުވެފައި މިވަނީ، ޔުނައިޓެޑް ނޭޝަންސް ވަރލްޑް ޓްއަރިޒަމް އޯގަނައިޒޭޝަން(ޔޫއެންޑަބްލިއުޓީއޯ) އިން
އިންތިޒާމުކޮށްގެން މިއަދު ބޭއްވި ވެބިނަރ އޮން ދަ އިމްޕެކްޓް އޮފް ކޯވިޑް-19 އޮން އިންޓަނޭޝަނަލް ޓޫރިޒަމްގެ ވެބިނަރގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ގޮތުން، ކޮވިޑް-19 އިގެ ސަބަބުން ފަތުރުވެރިކަމަށް ކޮށްފައިވާ އަސަރުތަކާއި، ކުރިއަށް އޮތް ތަނުގައި ފަތުރުވެރިކަން ބައްޓަންކުރުމަށް އެކަށޭނަ ގޮތްތަކާއި ބެހޭގޮތުން ދެއްކެވި ވާހަފުޅުގައި މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވީ، މި ދަނޑިވަޅަކީ ފަތުރުވެރިންގެ އަތުން އިތުރު ޓެކްސްތައް ނެގުން އެންމެ އެކަށޭނަ ވަގުތު ނޫންކަމަށެވެ.

އަދި މި ދަނޑިވަޅަކީ، ހިތްހެޔޮކަމާއެކު ފަތުރުވެރިންނަށް މަރުހަބާ ކިޔަންވީ ވަގުތުކަމަށް މިނިސްޓަރ ޢަލީ ވަޙީދު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ، ކޮވިޑް-19 އިގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް އަގު ނުކުރެވޭފަދަ ގެއްލުންް ލިބެމުންދާކަމަށާއި، މި ކަމުގެ ސަބަބުން ރައްޔިތުންގެ ޢާންމު ދިރިއުޅުމަށް އޭގެ އަސަރުތައްކޮށްް ދިރިއުޅުން ހުއްޓިފައިވާކަމަށެވެ.

މީގެ އިތުރުން ޢަލީ ވަޙީދު ވިދާޅުވީ، ދުނިޔޭގެ ޤައުމުތަކެކޭ ވެސް އެއްފަދައިން، ދިވެހިރާއްޖެ ވެސް ތައްޔާރުވަމުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އިޤުތިޞާދީ ހަރަކާތްތައް ފެށުމަށްކަމަށެވެ.

އެހެންނަވެސް، ކޮވިޑް-19 އިގެ ހާލަތު އިތުރަށް ގޯސްވިޔަނުދިނުމަށްޓަކައި، ޤައުމުތަކުގެ ބޯޑަރުތަކާއި، އެއަރޕޯޓްތަކާއި، ޓުއަރިސްޓް ފެސިލިޓީތަކުގައި، ބައިނަލްއަޤްވާމީ އެއް މިންގަނޑެއްގެތެރެއިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކުރުމަށްޓަކައި، ހުރިހައި ޤައުމަކުން ވެސް ޚާއްސަ ސަމާލުކަމެއްދޭންޖެހޭ ކަމަށްް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ.

ޢަލީ ވަޙީދު ވިދާޅުވީ، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި، ދިވެހިރާއްޖެއަށް ލިބިފައިވާ ރައްކާތެރިކަމުގެ އިތުބާރަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ބިންގާ ކަމަށާއި، މާތް ﷲ ގެ އިރާދަފުޅާއެކު ރާއްޖޭގެ ބޯޑަރު ހުޅުވާލާނީ، އެ ފަދަ އިތުބާރާއެކު ކަމަށެވެ.

މި ގޮތުން އަންނަ ޖުލައިމަހުން ފެށިގެން، ދިވެހިރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާކަމަށާއި، ރާއްޖެ އޮތީ ހިތްހެޔޮކަމާއެކު ފަތުރުވެރިނަށް މަރުހަބާ ކިޔުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ ޢަލީ ވަޙީދުގެ އިތުރުން، ޔޫއެންޑަބްލިއުޓީއޯގެ އެގްޒެކްޓިވް ޑިރެކްޓަރ މެނުއެލް ބަޓްލާ އާއި އެ ޖަމްޢިއްޔާގެ އިސްވެރިންގެ ތެރެއިން ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: