ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢުމުރުން ދުވަސްވީ 105 މީހެއްގެ ރޭންޑަމް ސާމްޕަލް ނެގުނު، ޕޮޒިޓިވްވީ އެންމެ މީހެއް: މަބްރޫކް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އުމުރުން ދުވަސްވެ އެނދުދާންމަތިވެފައިވާ މީހުންގެ ގައިން މިހާތަނަށް ޖުމްލަ 105 މީހެއްގެ ރެންޑަމް ސާމްޕަލް ނެގިފައިވާކަމަށާއި، އޭގެެތެރެއިން ޕޮޒިޓިވްވެފައިވަނީ އެންމެ މީހެއްކަމަށް ކޮވިޑް-19 އިގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވެފައި މިވަނީ ކޮވިޑް-19 އިގެ އެންމެފަހުގެ މަޢުލޫމާތުތައް ހިއްސާކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މަބްރޫކް ޢަޒީޒު ވިދާޅުވީ، ޓެގުން މަޝްވަރާދެއްވާފައޮތީ ޢުމުރުން ދުވަސްވީ އެނދުދާންމަތިވެފައިވާ މީހުންގެތެރެއިން 10 ޕަސެންޓް މީހުންގެ ޓެސްޓް ހަދާ ދިނުމަށްކަމަށެވެ.

އަދި އެއީ ގާތްގަނޑަކަށް 350 މީހުންކަމުގައި ވެސް މަބްރޫކް ވިދާޅުވިއެވެ.

ނަމަވެސް، ގިނަ ބަޔަކު ޓެސްޓް ހެދުމަށް، ދެކޮޅު ހަދާފައިވާތީ، 5 ޕަސެންޓް މީހުންގެ ޓެސްޓްހަދާ ދިނުމަށް އަނެއްކާ ވެސް ޓެގުން އެދިފައިވާކަމަށާއި، އެއީ ގާތްގަނޑަކަށް 170 ވަރަކަށް މީހުންކަމަށެވެ.

މި ގޮތުން، ކުރި މަސައްކަތުން ޓެސްޓުހެދިފަވަނީ 105 މީހެއްގެކަމަށާއި، އެ މީހުންގެތެރެއިން ޕޮޒިޓިވްވެފައިވަނީ އެކަކުކަމަށް މަބްރޫކް ވިދާޅުވިއެވެ.

”އުމުރުން ދުވަސްވީ މީހުން އަޅުގަނޑުމެން، އުމުރުންދުވަސްވީ މީހުންގެތެރެއިން ބައެއްގެ ޓެސްޓް ހަދަމުންދާކަމަށް އަޅުގަނޑުމެން ދެއްކި ވާހަކައާއި ގުޅިގެން ކިހާބައެއްގެ ޓެސްޓް ހެދިއްޖެތޯ ކުރެވުނު ސުވާލު. މިކަމުގަ އަޅުގަނޑު ފުރަތަމަ ފާހަގަކޮށްލަން ޓެގުން މަޝްވަރާދެއްވާފައޮތީ ޢުމުރުން ދުވަސްވީ އެނދުދާންމަތިވެފައިވާ މީހުންގެތެރެއިން 10 ޕަސެންޓް މީހުންގެ ޓެސްޓް ހަދާ ދިނުމަށް. އެއީ ގާތްގަނޑަކަށް 350 މީހުން. މީގެތެރެއިން ގިނަ ބަޔަކު ޓެސްޓް ހެދުމަށް އުޒުރުވެރިވެފައިވާކަން ނުވަތަ ދެކޮޅު ހައްދަވާފައިވާތީވެ ޓެގުން އަނެއްކާވެސް، އެންގެވީ އެހެންވީމާ އެނދުދާން އުމުރުންދުވަސްވީ މީހުން 5 ޕަސެންޓް މީހުންގެ ޓެސްޓްހަދާ ދިނުމަށް. އެއީ 170 ވަރަކަށް މީހުން. މީގެތެރެއިން އަޅުގަނޑުމެންނަށް އަޅުގަނޑުމެން ކުރި މަސައްކަތުން ޓެސްޓުހެދިފަވަނީ 105 މީހެއްގެ. އަދި އެ 105 މީހުންގެތެރެއިން، ޕޮޒިޓިވްވެފައިވަނީ އެކަކު.“ މަބްރޫކް

މަބްރޫކް ވިދާޅުވިގޮތުގައި، އުމުރުން ދުވަސްވީ މީހުންނާއި، އެ މީހުންގެ ޢާއިލާތަކުން ކަންބޮޑުވާ ކަމަކަށްވާތީ، އަދި މި ކަމަށް ދެކޮޅު ހަދަމުންދާކަމަށްވުމާއެކީގައި ޓެގުން މިހާރު އިރުޝާދު ދީފައިވަނީ، ދެން މިކަން މި ގޮތަށް ކުރިއަށް ނުގެންދިއުމަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: