ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހަށް ތަޅުމުގައި ޖަލްސާ ކުރުމަށް ހުއްދައެއް ނުދޭ، އަދި މަޝްވަރާއެއް ވެސް ނުކުރޭ: މަބްރޫކް

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލިސް ކުރާ ގެއަށް ވަޑައިގެން، މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބާއްވަން ނިންމާފައި ވަނީ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު އަދި ހެލްތު ޕްރޮޓެކެޝަން އެޖެންސީއާ އެއްވެސް މަޝްވަރާ ކުރުމެއް ނުވަތަ، އެފަދަ އެއްވެސް އެންގުމެއް އަންގާފައި ނޫން ކަމަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ މައްސަލައިގައި ގިނަ އާއްމުންގެ ކަންބޮޑުވުންތަކެއް ވެސް ވަނީ އިތުރުވެފައެވެ. އަދި މިކަމާއި ގުޅިގެން ބައެއް އެމްޑީޕީގެ މެމްބަރުން ހިމެނޭހެން ވަނީ އެޗްޕީއޭގެ ހުއްދައެއް ނެތި ޖަލްސާތަކަށް ހާޒިރު ނުވާނެކަމަށް ބުނެފައެވެ.

މަޖިލީހުގެ އިދާރާއިން ވަނީ މާދަމާ ހެނދުނު ޖަލްސާތައް، ޖަލްސާ ކުރާ މާލަމުގައި ބާއްވާނެކަމަށް މީޑިއާތަކަށް އަންގާފައެވެ. އަދި ޖަލްސާތައް ތަޅުމުގައި ކުރިޔަށް ގެންދާނީ ވަކި އުސޫލުތަކެއްގެ ދަށުން ކަމަށް ބުނެފައިވެއެވެ. އޭގެ ތެރެއިން އެއް އުސޫލަކީ މާސްކުތައް އެޅުމެވެ. މަޖިލީހުގެ މެމްބަރުން ހިމެނޭ ވަޓްސްއަޕް ގްރޫޕުގައި ބައެއް މެމްބަރުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. ނަމަވެސް ރައްދުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ލޮކްޑައުން ނިމެންދެން ނުވަތަ 28 ވަނަ ދުވަހުގެ ނިޔަލަށް މަޑުނުކުރެވޭނެކަމަށް ޑިރެކްޓާރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުއަށް އަންގަވާފައި ވާނެ ކަމަށެވެ.  

މެމްބަރުންގެ ޝުއޫރުތައް ވެސް ޓްވީޓުކުރައްވަމުން ގެންދަވަ މި ދަނޑިވަޅުގައި އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޖަލްސާތައް ކުރިޔަށް ގެންދިއުމާއި ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް މަޖިލީސް އިދާރާއި އެކު ކުރިޔަށް ގެންގޮސްފައި ނުވާ ކަމަށެވެ.

”އަޅުގަނޑު ހިތުން އެކަން ކުރައްވާނީ އެބޭފުޅުން މިކަމުގަ ހުންނަ ގަވާއިދުގެ ތެރެއިން އެކަމާ ކުރައްވަން ޖެހޭ މަޝްވަރާތައް ކުރުމަށްފަހު. އެހެން ނަމަވެސް އަދި އެއް އެއްވެސް އޮފިޝަލް ކެޕޭސިޓީއެއްގައެއް މިފަދަ ކަމެއް ކުރެވިފައި ނުވާކަން އަޅުގަނޑަށް މައުލޫމާތު ލިބެނީ،“ މަބްރޫކް

މަބްރޫކް ވިދާޅުވީ މަޖިލީހުގެ އިދާރާއިން އެންއީއޯސީއަށް ގުޅިކަމަށާއި އެހެން ނަމަވެސް އެއީ، ލޮކްޑައުންއަށް ލުއިދޭ ތާރީހެއް ސާފު ކުރުމަށް ކަމަށެވެ. އަދި އެ ނޫން އެއްވެސް ގޮތަކުން މަޖިލީހުން އެންއީއޯސީއާއި މުއާމަލާތެއް ހިންގާފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލަށް ބަހުސް ކުރެވޭނީ ތަޅުމުގައި ކަމަށެވެ. އަދި އެ ނޫންގޮތަކަށް ބަހުސް ކުރިޔަށް ނުގެންދެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ރައީސް ނަޝީދު މި ޖަލްސާތައް ކުރިޔަށް ގެންދިއުމަށް ނިންމަވާފައިވަނީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އިއުލާނުކޮށްފައިވާ ލޮކްޑައުންއާއި ހިލާފަށެވެ. ޖަލްސާތައް މީގެ ކުރިން ކުރިޔަށް ގެންދިޔައީ އޮންލައިންކޮށް ނަމަވެސް ކުއްލިއަކަށް ވަކި ބިލެއްގެ ބަހުސްއަކަށް ޖަލްސާތައް ތަޅުމަށް ބަދަލު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ގިނަ މެމްބަރުން ގަބޫލު ކުރެއެވެ.

މެމްބަރުން އިށީނދެވަޑައިގެންތިއްވާނީ އެޗްޕީއޭއިން އަންގާފައިވާ ގޮތުގެ މަތިން ކަމަށާއި އެގޮތުން އެއްވަގުތެއްގައި އެއް މޭޒެއްފައި ތިބޭނީ ދެ މެމްބަރުން ކަމަށް މަޖިލީހުން އާންމުކުރި އުސޫލުގައި ވަނީ ބުނެފައެވެ. މަޖިލީހުގެ އިދާރާއިން ހާމަކުރި ގޮތުގައި ތަޅުމުގައި ވޯޓުކުމުގެ ކަންކަން ކުރިއަށްދާނީ އެޗްޕީއޭއިން އަންގާފައިވާ ގޮތަށް އިޖުތިމާއީ ގައިދުރުކަން ގާއިމްކޮށްގެންނެވެ. އެގޮތުން ހަމަޖެހިފައިވާ އިންތިޒާމްތަކުގެ ދަށުން މެބްރުން ވޯޓުލުމަށް ފަހު މާލަމުން ނިކުމެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ވޯޓުލާ ވަގުތުގައި ވެސް ތަޅުމުގައި ގިނަވަގެން ތިބޭނީ 42 މެމްބަރުން ކަމަށާއި މެމްބަރުން ތިއްބަވަން ޖެހޭނީ މާސްކް އަޅުއްވައިގެން ކަމަށް ވެސް ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ކަނޑައަޅުއްވާ މި އުސޫލްތަކުގެ ދަށުން މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ތަޅުމުގައި މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޖަލްސާގެ އިންތިޒާމް ހަމަޖައްސާނީ މަޖިލީހުގެ ސާޖަންޓް އެޓް އާންމްސް ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: