ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯމް ސްކޫލިންގެ ނަމުގައި ރާއްޖޭގެ ޒުވާން ޖީލު ހަލާކު ކުރުމުގެ ފުރުސަތު ދީގެން ނުވާނެ: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޫލަށް ގަވައިދުން ނުދާ ދަރިވަރުންގެ އަދަދު ގިނަ ކަމަށާއި ހޯމް ސްކޫލިންގެ ނަމުގައި ރާއްޖޭގެ ޒުވާން ޖީލު މަގު ފުރައްދާ ހަލާކު ކުރުމުގެ ފުރުސަތު ދީގެންނުވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރުވެސް ހަތަރު ހާހަށް ވުރެ ގިނަ ކުރިން ސްކޫލަށް ގަވައިދުން ނުދާ ކަމަށެވެ. އަދި ހޯމް ސްކޫލިންގެ ނަމުގައި ރާއްޖޭގެ ޒުވާން ޖީލު މަގު ފުރައްދާ ހަލާކު ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު މިއަދު ރައްޔިތުންގެ މަޖިލީހަށް ވަނީ ނުކުޅުދުންތެރިކަން ހުންނަ ކުދިންނާއި ނަފްސާނީ ހާލަތު ހުންނަ މިންވަރަށް ބިނާކޮށް، ގޭގައި މަދަރަސީ ތައުލީމު ފޯރުކޮށްދިނުމަށް ހޯމް ސްކޫލިން ޕްރޮގްރާމް ތައާރަފުކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅައި ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންގޮސްފައެވެ.

މި ބިލު މަޖިލީހަށް ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ، ކުއްޖާގެ ނުކުޅެދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތަށް ބަލައި ހެދޭ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ގޭގައި ތިބެގެން މަދަރުސީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދިނުމެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުސަތު ދިނުމަށް ބޭނުންވާ ޝަރުތުތަކާއި އުސޫލުތައް ގާނޫނުގައި ސާފުކޮށް ބަޔާންކުރުމެވެ.

މީގެ އިތުރުން، މަދަރުސީ ނިޒާމު ހިންގުމުގައި ބެލެނިވެރިންނާއި، މުދައްރިސުން އަދި ޕްރިންސިޕަލުންގެ ދައުރު އިތުރަށް ތަފްސީލުކޮށް، މިހާރު ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަކީ ވެސް މި އިސްލާހުގެ މުހިންމު ބޭނުމެއްކަމަށް މެމްބަރު އަނާރާ ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް މި ބިލަށް އެކި މެމްބަރުން ބަހުސް ކުރައްވާފައިވާއިރު ވަކަރަދޫ ދާއިރާގެ މެމްބަރު ޒިޔާދު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ހާއްސަ ގޮތްތަކެއް ހުންނަކަމަށެވެ. ނަމަވެސް، އެއީ ފަސޭހަތަކެެއް ކަމަށާއި ބިލުގައި އޮތީ ބުރައެއް ކަމަށް ވިދާޅުވިއެވެ. އަދި މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ހޯމް ސްކޫލިން ނުދެވޭނެކަމަށް ބިލުގައި އޮތުމަކީ ކަންބޮޑުވުމެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މި ބިލަށް ސަރުކާރުގެ މެމްބަރުން ބަހުސް ކުރައްވާ ވިދާޅުވީ ތައުލީމް ހާސިލްކުރުމަށް އެއްވެސް ދޮރެއް ބަންދުވެފައި އޮވެގެން ނުވާނެ ކަމަށާއި އަދި މި ބިލަށް ނޫނެކޭ ބުނެގެން ނުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: