ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުން، ފާހަގަކުރެވޭ ކަންކަން މަޖިލީހާއި ހިއްސާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުން، ފާހަގަކުރެވޭ ކަންކަން ރައްޔިތުންގެ މަޖިލީހާ  ހިއްސާކޮށްފައިވާކަމަށް ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ބުނެފިއެވެ.

މި ކަން ހާމަކޮށް ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ބުނީ، ކުއްލި ނުރައްކަލުގެ ހާލަތެއްގައި ނުވަތަ ކާރިސާއެއްގައި ހިންގުމަށް ބިލުގައިވާ އުސޫލުތަކުގެ ތެރެއިން، ޝަރީޢަތް ކުރުމާއި ގުޅުންހުރި އުސޫލުތަކަށް އަމަލުކުރަން ނިންމާނީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން(ޑީޖޭއޭ) ކަމަށް އޮތް އޮތުން ސުޕްރީމް ކޯޓަށް ބަދަލު ކުރުމަށް ހުށަހަޅާފައިވާނެކަމަށެވެ.

މީގެ އިތުރުން، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތް ކުރުމާއި ގުޅޭ ގަވާއިދު އެކުލަވައިލުމަށް،  ޑީޖޭއޭއަށް އޮތް އޮތުން ވެސް، ސުޕްރީމް ކޯޓަށް ބަދަލު ކުރުމަށް ހުށަހަޅާފައިވާނެކަމަށް، ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ބުނެއެވެ.

ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ބުނިގޮތުގައި، އެ ގޮތަށް ނިންމަން ހުށަހެޅީ، ޑީޖޭއޭއަކީ ޤާނޫނުގައި ބުނާ ފަދައިން، ޖުޑީޝަރީގެ އާންމު އިދާރީ ކަންކަން މަރުކަޒީކޮށް ބަލަހައްޓާ އިދާރާއަށްވުމުންކަމަށެވެ.

އަދި މި އިޖުރާއާތުތަކަކީ، ޝަރީޢަތް ކުރުމުގެ އިޖުރާއަތުތަކަށް ވާތީކަމަށް ވެސް ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ބުނިގޮތުގައި، އެ  ބިލުގައިވާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތްކުރުމުގެ އުސޫލުތަކަކީ، އިންސާފަށް ވާސިލުވުމުގެ މަގު ތަނަވަސްވާނެ އުސޫލުތަކެއްކަން ފާހަގަކޮށްފައިވާނެ ކަމަށެވެ.

މީގެ އިތުރުން ޚަޞްމުންނަށާއި، ޤާނޫނީ ވަކީލުންނަށާއި، ކަމާގުޅުންހުރި އިދާރާތަކަށް، އެ ކަމުގެ ސަބަބުން ލުއި ފަސޭހަތަކެއް ލިބިގެންދާނެ އުސޫލުތަކެއްކަންވެސް ފާހަގަކޮށްފައިވާނެކަމަށް ވެސް ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: