ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ ސުލޫކީ މައްސަލައެއް އަމިއްލަ ފަރާތަކުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ. 

ރައީސް ނަޝީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައި މިވަނީ ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ރައީސް ނަޝީދު ހުންނަވައި ޝަރީއަތުގައި ކުރިއަށްދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައިވާތީއެވެ. 

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޙިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އެކަނި ޝަރީޢަތް ހިންގައި ޖަލަށް ލުމަކީ ނުވަތަ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީން އެކަނި ޖަލުގައި އޮންނެވުމަކީ އިންސާފް ގާއިމް ކުރެވުން ނޫން ކަމަށެވެ. 

ރައީސް ނަޝީދުއާއި ދެކޮޅަށް ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅޭ ގޮތުން ”ސަންގު“ އަށް މައުލޫމާތު ދެއްވަމުން ޖޭއެސްސީގެ ސެކްޓްރީ ޖެނަރަލް އިޒްމީރާ ޝިޔާމް ވިދާޅުވީ ރައީސް ނަޝީދުއާއި ގުޅޭ ގޮތުން އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް މައްސަލައެއް ހުށަހަޅާ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ސިޓީގެ ތަފްސީލެއް އިޒްމީރާ ދެއްވާފައެއް ނުވެއެވެ. 

ރައީސް ނަޝީދުއާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި އިޒްމީރާ ވިދާޅުވީ ޖޭއެސްސީއަށް ހުށަހެޅޭނީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ކަމަށާއި އަދި ޖޭއެސްސީން ބަލަނީ ވެސް ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ކަމަށެވެ. އެހެންކަމުން އުސޫލީ ގޮތުން ޖޭއެސްސީގެ މެމްބަރުންގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް ހުށަނޭޅޭނެ ކަމަށާއި އަދި މިހާތަނަށް ދުވަހަކުވެސް ޖޭއެސްސީގެ މެމްބަރެއްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައި ވެސް އަދި ޖޭއެސްސީން ބަލާފައި ވެސް ނުވާނެ ކަމަށް އިޒްމީރާ ވިދާޅުވިއެވެ. އަދި މިއީ މިފަދަ މައްސަލައެއް ހުށަހެޅުނު ފުރަތަމަ ފަހަރު ކަމަށް ވެސް އިޒްމީރާ ވިދާޅުވިއެވެ. 

ޖޭއެސްސީގެ މެމްބަރުންގެ މައްސަލަ ޖޭއެސްސީއަށް ހުށަނޭޅޭނަމަ ދެން ޖޭއެސްސީގެ މެމްބަރުންގެ ސުލޫކީ މައްސަލަ ހުށަހެޅޭނީ ކޮންތަނަކަށްތޯ ”ސަންގު“ އިން ސުވާލު ކުރުމުން އިޒްމީރާ ވިދާޅުވީ ރައީސް ނަޝީދު ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި އިންނަވަނީ މަގާމްގެ ހައިސީއްޔަތުން ކަމަށެވެ. އަދި ވިދާޅުވީ މިހާރު މަޖިލީހުގައި ޖުޑިޝަރީ ކޮމެޓީއެއް އޮތުމުން ޖޭއެސްސީގެ މެމްބަރުންގެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ހުށަހެޅިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އިޒްމީރާ ވިދާޅުވިއެވެ. 

މީގެއިތުރުން އިޒްމީރާ ވިދާޅުވީ ރައީސް ނަޝީދުއާއި ގުޅޭ ގޮތުން ޖޭއެސްސީއަށް މައްސަލަ ހުށަހެޅުއްވި ފަރާތަށް އެ މައްސަލައަކީ ޖޭއެސްސީން ހުށަހެޅޭނެ މައްސަލައެއް ނޫންކަން އަންގާ ޖަވާބް ދިނުމަށް ނިންމާފައިވާ ކަމަށެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: