ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަސްރުގެ ދުވަހުގެ ހަރަކާތްތަކަށް ޖުމްހޫރީ މައިދާނާއި އެ ސަރަހައްދުގެ ފަޅު ވަކި ގަޑިތަކެއްގައި ބަންދުކުރަނީ

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ސިފައިންގެ ޕެރޭޑް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ނަސްރުގެ ދުވަހުގެ ހަރަކާތްތަކަށް ޖުމްހޫރީ މައިދާނާއި އެ ސަރަހައްދުގެ ވަށައިގެންވާ މަގުތަކާއި އެ ސަރަހައްދުގެ ފަޅު ވަކި ގަޑިތަކެއްގައި ބަންދުކުރަން ނިންމައިފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްޓަކައި، 2026 އޮކްޓޫބަރު 31 އިން 2026 ނޮވެމްބަރު 2 ވަނަ ދުވަހުގެ ނިޔަލަށް ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ ޓްރެފިކަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ އިތުރުން، އެ ސަރަހައްދުގެ ފަޅުތެރެ ބަންދުވާނެ ގަޑިތައް ވެސް ފުލުހުން އާންމުކޮށްފައިވެއެވެ.

އެގޮތުން ފުލުހުން ބުނެފައިވަނީ:

  •  15:30 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެން، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތައް އާންމު ދަތުރުފަތުރަށް ބަންދުވާނެކަމަށް
  •  15:00 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެން، އެ ސަރަހައްދުގެ ފަޅުތެރެ އާންމު ދަތުރުފަތުރަށް ބަންދުވާނެކަމަށް
ބަންދުކުރަން ހަމަޖެހިފައިވާ ސަރަހައްދުތައް

އެގޮތުން، މަސް މާރުކޭޓު ސަރަހައްދުން ފެށިގެން ރައީސް އޮފީހާ ހަމައަށް އަދި އިސްލާމީ މަރުކަޒުން ފެށިގެން ރައީސް އޮފީހާ ހަމައަށް މަގުތައް ބަންދުކުރުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން އެ ސަރަހައްދުގެ ފަޅުތެރެއާއި ފަޅުން ފެށިގެން ކަނޑުގެ 400 މީޓަރާ ހަމައަށް ބަންދުވާނެ ކަމަށް ބުނެފައިވެއެވެ.

މި ބަދަލުގެ ސަބަބުން ދަތުރުފަތުރުކުރައްވާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ މައާފަށް އެދިފައެވެ. އަދި އެފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: