ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގްރޫޕަކުން އަންހެނަކު ރޭޕްކޮށް، ކުޑަ ދެ ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައިގައި ނުވަ މީހަކު ހައްޔަރުކޮށްފި

ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް ކުރި މުޒާހަރާ އެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދެކުނުގެ ރަށެއްގައި ގްރޫޕަކުން އަންހެނަކާއި ކުޑަ ދެ އަންހެން ކުދިން ރޭޕްކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދިވެހި ނުވަ ފިރިހެނުންނެވެ. އެ މީހުންގެ ވަނަވަރު މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.

އެ މައްސަލައިގެ ތަހުގީގަށް މާލޭން ހާއްސަ ޓީމެއް ވެސް ހާދިސާ ހިނގައިގެން އުޅޭ ރަށަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ ހަފްތާގެ ތެރޭގައި ފެންމަތިވި މި ހާދިސާގައި ރޭޕްގެ ޝިކާރައަކަށްވީ އުމުރުން 22 އަހަރުގެ އަންހެނެކެވެ. އަދި އޭގެ ފަހުން ހާދިސާ ހިނގަމުން ދިޔަ ތަނަށް 18 އަހަރު ނުވާ ދެ ކުޑަކުދިން ގެނެސް، މަސްތުވާތަކެތި ދީގެން އެ ކުދިންނަށް ވެސް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފާހަގަކުރެވުނީ އަންހެން މީހާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގުގެ ތެރެއިންކަމަށް ވެސް ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: