ލޮކްޑައުންގެ އުސޫލުތަކާއި ޚިލާފުވެ މަގުމައްޗަށް ނިކުމެ އުޅުނު އިތުރު 208 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.
ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ހޮނިހިރުދުވަހު ލޮކްޑައުންގެ އަމުރުތަކާއި ޚިލާފުވި 208 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ލޮކްޑައުންގެ އަމުރުތަކާއި ޚިލާފުވެ އަމަލުތައް ތަކުރާރުކުރި 10 މީހަކު ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
https://twitter.com/PoliceMv/status/1266961671697780737?s=19
މި ގޮތުން، މި 10 މީހުންނާއެކު ލޮކްޑައުންގެ އަމުރުތަކާއި ޚިލާފުވެފައިވާ މުޅި ޖުމްލަ 355 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.
ލޮކްޑައުންގެ އުސޫލުތަކާއި ޚިލާފުވެގެން ހޮނިހިރު ދުވަހު 208 މީހުން ޖޫރިމަނާކޮށްފައިވާއިރު، ހުކުރު ދުވަހު ވެސް، 155 މީހުން ޖޫރިމަނާކޮށްފައިވެއެވެ.
އޭގެ އިތުރުން ލޮކްޑައުންގެ އަމުރުތަކާއި ޚިލާފުވެ، އެ ކަން ތަކުރާރުކުރި މީހުންގެތެރެއިން ގިނަ ބަޔަކަށް ދަޢުވާކުރުމަށް ފުލުހުންވަނީ، ޕީޖީ އޮފީހަށް ފޮނުވާފައެވެ.

