ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެތެރެއިން އިތުރު 05 މީހަކު ރަނގަޅުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެތެރެއިން އިތުރު 05 މީހަކު ރަނގަޅުވެ ޖުމްލަ އަދަދުވަނީ 406 އަށް އިތުރުވެފައެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެތެރެއިން އިތުރު 05 މީހުން ރަނގަޅުވެފައިވާއިރު، ހޮނިހިރު ދުވަހު 159 މީހަކު ރަނގަޅުވެ ޖުމްލަ ޢަދަދު 401 އަށް އިތުރުވެފައިވާކަމަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ހޮނިހިރުދުވަހާއި މިއަދު ޖުމްލަ 406 މީހުން ބަލިން ރަނގަޅުވެފައިވީ ނަމަވެސް، ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މި ގޮތުން ބަލާއިރު، ހޮނިހިރު ދުވަހު އެކަނިވެސް 125 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވެ ޖުމްލަ އަދަދުވަނީ 1672 އަށް އިތުރުވެފައެވެ.

