ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ސިޔާސީ ފައިދާ ނަގަންވީ ވަގުތެއް ނޫން: މުހުތާޒު

ޝެއާރކޮށްލާ ކަހަލަދޯ؟

ޤާނޫނު އަސާސީއަށް އިސްލާހެއް ގެންނަން މަސައްކަތްކުރާ މި ދަނޑިވަޅަކީ ސިޔާސީ ފައިދާ ނަގަންވީ ވަގުތެއް ނޫން ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.

އަންނަ ޖޫންމަހުގެ 3 ވަނަ ދުވަހުގެ ކުރިން ޤާނޫނީ އަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ކުރަނީ މިހާރު ތިބި ކައުންސެލަރުންގެ ދައުރުގެ މުއްދަތާ ގުޅޭގޮތުންނެވެ. އަދި އެކަން ކުރެވެން އަންނަނީ ޤާނޫނު އަސާސީ އިސްލާހުކޮށްގެން ކަމަށް ސުޕްރީމް ކޯޓުންވެސް ވަނީ އިސްތިޝާރީ ލަފައެއް ދީފައެވެ.

ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައާ އެއްގޮތަށް ގާނޫނުއަސާސީގެ 231 ވަނަ މާއްދާ އިސްލާހުކުރަން މުޅި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީންވެސް ފާސްކޮށްފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުގެ އެއްބާރުލުން ނުލިބުމުން އެމަސައްކަތް އަވަސްކުރެވޭ ގޮތްވަނީނުވެފައެވެ.

މި މައްސަލައަށް އިޝާރާތް ކުރައްވާ މުހުތާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކުރުމުގައި ސުވާލު ނުއުފެއްދޭގޮތަށް އިޖުރާތުތައް ފުރިހަމަ ކުރުން ވަރަށް މުހިއްމު ކަމަށެވެ.

މުހުތާޒް ވިދާޅުވީ ޤާނޫނު އަސާސީ އިސްލާހުކުރަން ލިބިފައިވާ ވަގުތު ވަރަށްވެސް ކުޑަ ކަމަށާއި މިއީ ސިޔާސީފައިދާ ނަގަންވީ ވަގުތެއް ނޫން ކަމަށެވެ.

ޤާނޫނު އަސާސީ ކުރުމުގައި ފަހުން މި އިސްލާހާއި މެދު ސުވާލުއުފައްދާ ޝަރުއީ މަރުހަލާއަށް ދާންނުޖެހޭ ފަދަ ގޮތަކަށް ކަންކަން ތަރުތީބުވާންޖެހޭ ކަމަށެވެ.

ހޮނިހިރު ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ގާނޫނުއަސާސީގެ 231 ވަނަ މާއްދާ އިސްލާހުކުރަން މުޅި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ފާސްކުރި ރިޕޯޓް މަޖިލީހުގެ ތަޅުމުން ފާސް ކުރުން އަވަސް ކުރުމާ ގުޅޭގޮތުން މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްގެ ލަފަޔަކަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ބިލުގެ މަސައްކަތް އަވަސްކުރުމަށް މައިނޯރިޓީ ލީޑަރާއި އެތައް ފަހަރެއް މަތިން ވާހަކަ ދައްކަވާފައިވާ ކަމަށާއި ނަމަވެސް މަސައްކަތް އަވަސް ކުރަން އެއްބަސްވެފައި ނުވާ ކަމަށެވެ.

މަޖިލީހުގެ ގަވައިދު ބުނާގޮތުން ކޮމިޓީން ފާސްކުރާ ރިޕޯޓާ މެދު ބަހުސް ކުރެވޭނީ އެ ރިޕޯޓް ފާސްކޮށް، މެމްބަރުންނަށް ފޮނުވާތާ ތިން ދުވަސް ފަހުންނެވެ. އެ ނޫން ގޮތަކަށް އަމަލު ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެކަމަށް އެއްބަސްވެވަޑައިގަންނަވާ ނަމަ އެވެ.

މިދިޔަ އޭޕްރީލް ހަތަރެއްގައި ބާއްވަން އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު، ކޮވިޑް-19 އާއި ގުޅިގެން ވަނީ ބޭއްވޭ ގޮތް ނުވެފަ އެވެ. އަދި އިންތިޚާބު ބޭއްވުން ފަސްކުރުމަށް ޤާނޫނެއް ވަނީ ފާސްކޮށްފައެވެ. އެކަމަކު، މިހާރު ތިބި ކައުންސިލަރުންގެ ތިން އަހަރުގެ ދައުރު އަންނަ ޖޫން މަހުގެ ތިނަކަށް ހަމަވާތީ އޭގެ ކުރިން ގާނޫނުއަސާސީ އިސްލާހުކޮށް، އާ ކައުންސިލަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުންނަށް މަގާމުގައި ތިބެވޭ ގޮތް ހަދަންޖެހެ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: