ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑުއަލް ޕާސްޕޯޓު އޮންނަ އިޒްރާއިލުގެ މީހަކު އެހެން ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވި ނަމަވެސް، ރާއްޖޭގައި އިންވެސްޓެއް ނުކުރެވޭނެ: ރައީސް

ރައީސް ޑރ. މުއިއްޒު، ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރާއިލުގެ ޕާސްޕޯޓު ގެންގުޅޭ އެއްވެސް ރައްޔިތަކަށް ރާއްޖެއަށް އެތެރެނުވެވޭނެ ގޮތަށް އިމިގްރޭޝަން ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުގެ ބިލުގައި މުތުލަޤަށް ބަޔާންކޮށްފައިވާނެ ކަމަށާއި، ޑުއަލް ޕާސްޕޯޓު އޮންނަ މީހަކު އެހެން ޤައުމެއްގެ ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވި ނަމަވެސް، އެމީހުންނަށް ރާއްޖޭގައި އިންވެސްޓުކުރުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދެ ބިލެއްގައި އިޒްރާއިލްގެ ރައްޔިތުންނާ ގުޅޭގޮތުން ފިޔަވަޅުތައް އެޅުމަށް ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން، އިމިގްރޭޝަން ޤާނޫނަށް ގެންނަ އިސްލާޙުގައި އެއްވެސް ޝަރުޠަކާ ނުގުޅުވައި، ވަރަށް ސާފުކޮށް އިޒްރާއިލުގެ ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކަށް ރާއްޖެ އެތެރެނުވެވޭނެކަން ކަނޑައަޅާފައިވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”ރާއްޖެއަށް ޑުއަލް ޕާސްޕޯޓުގަ އަޔަސް އެތަނަށް އިންވެސްޓު މި ކުރެވެނީ އިތުރު ތަފްސީލު ބަލާފަ ކޭވައިސީ ޗެކު ކޮށްގެން. އެ ޗެކު ކޮށްފަ ކަށަވަރު ކޮށްފަ ނޫނިއްޔާ އެ އެޕްރޫވަލްއެއް ނުދޭނެ އޮތޯރިޓީއަކުން. އެހެންވީމާ ޑުއަލް ޕާސްޕޯޓުން ރާއްޖެއަށް ނޫނިއްޔާ އެހެން އެއްވެސް ޤައުމަކަށް ޑުއަލް ޕާސްޕޯޓުން އެ ދެވޭގޮތަށް ދެވުނަސް އަދި އިންވެސްޓެއް ނުކުރެވޭނެ. އިންވެސްޓު ކުރާއިރު ބަލަންޖެހޭ ބެލޭނެ ކަންކަން ހުރޭ. އެހެންވީމާ އާ އެއްވެސް ލޫޕްހޯލެއް އޮތް ކަމެއް ނޫން މިއަކީ.“ ރައީސް

މީގެ އިތުރުން އެއީ ހަމައެކަނި ރާއްޖެއަށް އޮތް ކަމެއް ނޫން ކަމަށާއި، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެތެރެވުމުގެ ކަންކަން ބަލަހައްޓަނީ އިމިގްރޭޝަންގެ މިންގަނޑުތަކުގެ ތެރެއިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، މަޖިލީހަށް ހުށަހެޅިފައިވާ ރިއަލް އެސްޓޭޓް ބިލުގައި މިކަން މިއަށްވުރެވެސް ބޮޑަށް ތަފްޞީލުކޮށްފައިވާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އެ ބިލުގެ ދަށުން، އިޒްރާއިލުގެ އެއްވެސް ރައްޔިތަކަށް، އިންވެސްޓަރަކަށް، އަދި އެ ޤައުމުގެ އެއްވެސް ކުންފުންޏަކަށްވެސް ރާއްޖޭގައި އިންވެސްޓުކުރުމުގެ އެއްވެސް ފުރުޞަތެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޑުއަލް ޕާސްޕޯޓު އޮންނަ މީހަކު އެހެން ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވި ނަމަވެސް، ރާއްޖޭގައި އިންވެސްޓު ކުރެވޭނީ އިތުރު ތަފްޞީލުތައް ބަލައި، ހަރުދަނާ ކޭވައިސީ ޗެކްތައް ފުރިހަމަކޮށްގެން ކަމަށެވެ. އަދި ކަމާބެހޭ އިދާރާތަކުން އެކަންކަން ކަށަވަރުނުކޮށް ހުއްދަ ނުދޭނެތީ އެކަމުގައި އެއްވެސް ދޮރެއް ނުވަތަ ”ލޫޕްހޯލެއް“ ނޯންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: