ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޑިޓާ ޖެނެރަލް ލަފާދެއްވީ ލިބެންޖެހޭ ފައިސާ ހޯދައި، މުވައްޒަފުންގެ ހަރަދާއި ސަބްސިޑީ ކުޑަކުރަން

މިއަދު އޮތް ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިވާ ފައިސާ ހޯދުމަށާއި، ދައުލަތުގެ ބަޖެޓުން މުވައްޒަފުންނަށް ކުރާ ހަރަދާއި ސަބްސިޑީއަށް ކުރަންޖެހޭ ހަރަދު ކުޑަކުރަން އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ މިއަދު ލަފާދެއްވައިފިއެވެ.

މިއަދު މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ލަފާދެއްވަމުން ނިޔާޒީ ވިދާޅުވީ، ދައުލަތުގެ ރިކަރަންޓު ހަރަދުތައް ކުޑަކުރުން މުހިންމު ކަމަށެވެ. އެކަން ހާސިލުކުރުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަން އޭނާ ވަނީ ކޮމިޓީއާ ހިއްސާކުރައްވަފައެވެ.

އެގޮތުން، ދައުލަތުން މުވައްޒަފުންނަށް ކުރަންޖެހޭ ހަރަދު ކޮންމެ އަހަރަކު އިތުރުވަމުންދާ ކަމަށް ނިޔާޒީ ފާހަގަކުރެއްވިއެވެ. އެކަމުގެ މައިގަނޑު ސަބަބަކީ ޕޭ ހާމަނައިޒޭޝަންގެ ދަށުން މުސާރަތައް ރީސްޓްރަކްޗާކޮށް އެއްހަމަކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރަން ފެށުމުން، މުސާރަތައް ބޮޑުވުމާއެކު މުވައްޒަފުންގެ އަދަދުވެސް އިތުރުވަމުންދާ ދިޔުން ކަމުގައި އޭނާ ވިދާޅުވިއެވެ. މުވައްޒަފުން އިތުރުކުރުމުގެ ބަދަލުގައި މުވައްޒަފުންނާއި ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތައް އެފިޝެންޓްކުރުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.

ސަބްސިޑީ ވެސް ކޮންމެ އަހަރަކު އިތުރުވާކަން ނިޔާޒީ ފާހަގަކުރެއްވިއެވެ. އެގޮތުން ބަޖެޓުގައި ނުހިމެނޭ ސަބްސިޑީތައް ވެސް އަހަރުގެ ތެރޭގައި ސިޔާސަތަށް އަންނަ ބަދަލުތަކާ ގުޅިގެން ދެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. ފިއުލް ސަބްސިޑީއަށް ކުރާ ހަރަދު ކުޑަކުރުމުގެ ގޮތުން އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުމުގެ މުހިންމުކަމާއި ސަބްސިޑީ ދޭ އެހެން ދާއިރާތަކުން ވެސް އިތުރު ގޮތްގޮތް ހޯދުން މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޓެކްސް އިދާރާ، މީރާއަށް ލިބެންޖެހޭ ފައިސާ ކޮންމެ އަހަރަކު އިތުރުވަމުންދާއިރު، މިހާރު ވެސް ގިނަ އަދަދެއްގެ ފައިސާ ނުލިބިވާކަން އޮޑިޓުތަކާ ހަވަލާދީ އޭނާ ފާހަގަކުރައްވާފައިވެއެވެ. 2021 ވަނަ އަހަރުން 2025 ވަނަ އަހަރާ ހަމައަށް ވެސް އެ އަދަދުތައް ބޮޑުތަނުން އިތުރުވަމުން ގޮސްފައިވާކަމަށް ވިދާޅުވިއެވެ.

ނިޔާޒީ ވިދާޅުވީ، ދައުލަތަށް ލިބެންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުން އެ ފައިސާ ނުދެއްކުމުގެ މައްސަލަ ބޮޑުވަމުންދާ ކަމަށެވެ. އެކަން ހައްލުކުރުމުގެ ގޮތުން ދައުލަތަށް އެ ފައިސާ ހޯދުމުގެ ޒިންމާ އޮންނަ މުއައްސަސާތަކަށް ގާނޫނީ ގޮތުން ލިބިދޭ ބާރު އިތުރުކުރުމާއި ލިބެންޖެހޭ ފައިސާ ލިބެންޖެހޭ މުއްދަތުގެ ތެރޭގައި ހޯދުން މުހިންމު ކަމަށެވެ. ދައުލަތަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ނިޔާޒީ ވިދާޅުވީ، އެ ފަރާތްތަކަށް ދައުލަތުން ލިބެންޖެހޭ ފައިސާ ނުލިބޭކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށާއި ޕްރައިވެޓް ސެކްޓާއަށް ދައުލަތުން ދޭންޖެހޭ ފައިސާ ނުދީ އޮތުމަކީ ޓެކްސް ނުދެއްކުން އިތުރުވާ ސަބަބެއް ކަމަށެވެ.

ޕެންޝަނަށް ކުރަންޖެހޭ ހަރަދުވެސް އިތުރުވަމުންދާކަން ފާހަގަކުރައްވައި ނިޔާޒީ ވިދާޅުވީ، ދައުލަތުގެ އިދާރާތަކުގެ ތެރޭގައި ޑަބަލް ޕެންޝަން ސްކީމްތައް ހިނގަމުންދާތީ އެކަމުގެ ސަބަބުން އަހަރުން އަހަރަށް ޕެންޝަނަށް ދޭންޖެހޭ ފައިސާ ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށެވެ. ރާއްޖޭގެ އާބާދީ މުސްކުޅިވަމުން އަންނަ އިރު އެއީ ކަންބޮޑުވުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެކަމުގައި ނިޔާޒީ ލަފާދެއްވީ ޑަބަލް ޕެންޝަން ނުލިބޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: