ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުމްހޫރީ ވެރިކަމެއްގައި ރައްޔިތުންގެ ބާރަކީ ނުހަނު ބޮޑު އަމާނާތެއް: ރައީސް ސާލިޙު

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ވެރިކަމެއްގައި ރައްޔިތުންގެ ބާރަކީ ނުހަނު ބޮޑު އަމާނާތެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ ޕޯސްޓުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ޖުމުހޫރީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ވަނީ ފޮނުއްވާފައެވެ.

ޖުމްހޫރީ ނިޒާމެއްގައި ދައުލަތުގެ އެންމެހާ ބާރުތައް އުފެދިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި، އެ ބާރަކީ ރައްޔިތުންގެ ނުހަނު ބޮޑު އަމާނާތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޖުމްހޫރީ ދުވަހަކީ މި މަތިވެރި އަމާނާތުގެ މަތިން ހަނދާންކޮށް، ޖުމްހޫރީ އަސާސުތަކާއި ހަމަތަކުގެ މަތީގައި ދެމިތިބުމަށް އަޒުމް އާކުރަންވީ މުހިންމު ދުވަހެއްކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވިއެވެ.

”ޖުމްހޫރީ ނިޒާމެއްގައި ދައުލަތުގެ އެންމެހާ ބާރުތައް އުފެދިގެން އަންނަނީ ރައްޔިތުންގެ ކިބައިން. އަދި އެ ބާރަކީ ރައްޔިތުންގެ ނުހަނު ބޮޑު އަމާނާތެއް. ޖުމްހޫރީ ދުވަހަކީ މި މަތިވެރި އަމާނާތުގެ މަތިން ހަނދާންކޮށް، ޖުމްހޫރީ އަސާސުތަކާއި ހަމަތަކުގެ މަތީގައި ދެމިތިބުމަށް އަޒުމް އާކުރަންވީ މުހިންމު ދުވަހެއް،“ ރައީސް އިބްރާހީމް މުޙައްމަދު ސާލިހް

ކޮންމެ އަހަރެއްގެވެސް ނޮވެންބަރު މަހުގެ 11 ވަނަ ދުވަސް ފާހަގަކުރަނީ، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ގޮތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: