ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ދައުރު ފެށޭ ތާރީހު ނޮވެމްބަރު 17 އަށް ބަދަލުވީ 2013 ގައި ގާނޫނާ ހިލާފަށް ހިންގި ކަންކަމުގެ ސަބަބުން: ރައީސް ނަޝީދު

އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ރިޔާސީ އައު ދައުރެއް ފެށޭ ތާރީހު ނޮވެމްބަރު 11 ގެ ބަދަލުގައި ނޮވެމްބަރު 17 އަށް ބަދަލުވެގެން ދިޔައީ، 2013 ވަނަ އަހަރު އިންތިހާބު ލަސްކޮށް ގާނޫނުއަސާސީއާ ހިލާފަށް ކަންކަން ކުރުމުގެ ސަބަބުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ”ސަންގުޓީވީ“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، ޒުވާން ޖީލަށް މި ތާރީހުތަކުގެ ހަގީގަތް ސާފުކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔަތު 1968 ގައި އިބްރާހީމް ނާޞިރު އިއުލާނުކުރެއްވި ފަހުން ކޮންމެ ފަސް އަހަރަކުން ރައީސުލްޖުމްހޫރިއްޔާ ބަދަލުވަމުން އަދި ހުވާކުރައްވަމުން ގެންދެވީ ނޮވެމްބަރު 11 ގައި ކަމަށެވެ. އަދި 2008 ވަނަ އަހަރު އުފެދުނު ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރުގައި އެމަނިކުފާނު ވެސް ހުވާކުރެއްވީ އެ ތާރީހުގައި ކަން ފާހަގަކުރެއްވިއެވެ.

”2013 އަހަރު ނެގުނު އިންތިޚާބުގެ ފުރަތަމަ ބުރުވެސް ދެވަނަ ބުރުވެސް ބާތިލުކުރަމުން ދިޔައީ. އޭރުގެ ބޭފުޅުން ހިތްހަމަޖެހިވަޑައިނުގަންނަވައިގެން ފަނޑިޔާރުގެއަށް ގޮސްގެން އެކި ގޮތްގޮތުން އިންތިޚާބު ދިޔައީ ލަސްކުރަމުން. އެންމެ ފަހުން އައިސް ނޮވެމްބަރު އެގާރަ ވީއިރުގައި ހުވައެއް ނުކުރެވުނު. އެހެންވީމާ، ޑޮކްޓަރ ވަޙީދު ޤާނޫނުއަސާސީއާ ޚިލާފަށް އިތުރަށް ހުންނެވީ ރައީސްކަމުގައި ސަތާރަ ވަނަ ދުވަހާ ހަމައަށް،“ ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް، 2012 ވަނަ އަހަރު ފުލުހުންނާއި ސިފައިން އަދި އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ބައިވެރިވެގެން ގެނައި ބަޣާވާތަކުން ސަރުކާރު ބަދަލުކުރި ކަމަށް ނަޝީދު ތުހުމަތުކުރެއްވިއެވެ. އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ބޮޑުތަނުން ކުރީގައި އޮންނެވި ނަމަވެސް، އޭރުގެ ބޭފުޅުން ފަނޑިޔާރުގެއަށް ވަޑައިގެން އިންތިހާބުގެ ބުރުތައް ބާތިލުކޮށް، އިންތިހާބު ލަސްކުރެއްވިކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެ މައްސަލަތަކާ ހުރެ ނޮވެމްބަރު 11 އައިއިރު އައު ރައީސަކު ހުވާނުކުރެވުނު ކަމަށެވެ. އަދި ޑރ. ވަހީދު ގާނޫނުއަސާސީއާ ހިލާފަށް ނޮވެމްބަރު 17 އާ ހަމައަށް ވެރިކަމުގައި ހުންނެވުމުގެ ސަބަބުން، ރިޔާސީ ދައުރު ފެށޭ ތާރީހަކީ ނޮވެމްބަރު 17 ކަމުގައި ހަމަޖެހިގެން ދިޔައީ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަގުމަތީގެ މުޒާހަރާތަކާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސް ނަޝީދު 7 ފެބުރުއަރީ 2012 ގައި އިސްތިއުފާ ދެއްވިއެވެ. އެމަނިކުފާނު އަބަދުވެސް ތުހުމަތު ކުރައްވަނީ އެއީ މަޖުބޫރުކޮށްގެން ގެނައި ”ބަޣާވާތެއް“ ކަމަށެވެ. އެއަށްފަހު ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ވެރިކަމުގެ ބާކީ އޮތް މުއްދަތު ފުރިހަމަކުރެއްވުމަށް ރައީސްކަމާ ހަވާލުވެވަޑައިގެންނެވީ އޭރުގެ ނައިބު ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: