ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލްސާއިން ފެނިގެންދިޔައީ ރައްޔިތުންގެ ބާރު: ޢަބްދުﷲ ޝާހިދު

ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމަ ދުވަހުގެރޭ މެންދަމުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ފެނިގެންދިޔައީ ދިވެހި ރައްޔިތުންގެ ބާރުކަމަށް ވިދާޅުވެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އުފާވެރިކަމުގެ ޝުޢޫރު ފާޅުކުރައްވައިފިއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވެފައި މިވަނީ، ކައުންސިލަރުންގެ ދައުރު ދިގުދަންމައިލުމުގެ ގޮތުން ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމާމެދު ގޮތެއް ނިންމުމަށްޓަކައި ހޯމަދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާއާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ.

މި ގޮތުން މިނިސްޓަރ ޝާހިދުވަނީ، ދިވެހި ރައްޔިތުންގެ ހައްޤުގައި އެމްޑީޕީގެ މަޖްލިސް މެންބަރުން ކުރެއްވި ހިތްވަރު ފާހަގަކުރައްވާ، މަޖިލީހުގެ މެންބަރުންނަށް ސާބަސް ދަންނަވާފައެވެ.

https://twitter.com/abdulla_shahid/status/1267574188664950785?s=19

މީގެ އިތުރުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށާއި، ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ވެސް މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކުރިން ބާއްވަން ތާވަލްކޮށްފައިވާ ލޯކަލް ކައުންސިލު އިންތިޚާބު ވަނީ، ކޮވިޑް-19 އާއި ގުޅިގެން ނުބޭއްވޭގޮތްވެފައެވެ. މި ގޮތުން މިރޭގެ ޖަލްސާގައި، މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ދިގުދަންމައިލުމަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 74 މެންބަރުން ވޯޓުދެއްވާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: