ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: އިތުރު މީހަކު ނިޔާވެއްޖެ

ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެތެރެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

މިި ކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ، މިއަދު ހެނދުނު 6:20 ގައި ހުޅުމާލޭ އައިސޮލޭޝަން ފެސިލިޓީގައި ހުރި މީހަކު ނިޔާވެފައިވާކަމަށެވެ.

މި މީހާއަކީ، ޢުމުރުން 89 އަހަރުގެ ދިވެހި އަންހެނެއްކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

https://twitter.com/HPA_MV/status/1267692051187011585?s=19

މިއަދު ނިޔާވި މި މީހާއާއެކު، ރާއްޖެއިން މި ބަލި ޖެހިގެން ނިޔާވި މީހުން މިވަނީ 07 އަށް އިތުރުވެފައެވެ. އޭގެތެރެއިން އެކަކު ނިޔާވެފައިވަނީ ހޯމަދުވަހުކަމަށާއި، 54 އަހަރުގެ އެ މީހާއަކީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން ކޮވިޑް ބަލީގައި ނިޔާވި މީހުންގެތެރޭގައި ހިމެނެނީ، 83 އަހަރުގެ ދިވެހި އަންހެނަކާއި، 80 އަހަރުގެ ދިވެހި ފިރިހެނަކާއި، 88 އަހަރުގެ ދިވެހި ފިރިހެނަކާއި
33 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން،  45 އަހަރުން ބަންގްލަދޭޝް ފިރިހެނެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: