ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ދަތިތަކާބެހޭ ގޮތުން ނައިބު ރައީސް މަޝްވަރާކުރައްވައިފި

ފޮޓޯ:ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން ކުޅުދުއްފުށީ ސިޓީއަށް ކުރިމަތިވެފައިވާ ދަތިތަކާއި، އެ ސިޓީގެ ހޮސްޕިޓަލަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި، އެ ކަންކަން ހައްލުކުރުމަށްޓަކައި އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއްް ބާއްވައިފިއެވެ.

ނައިބު ރައީސްގެ އިސްނެންގެވުމުގެ މަތިން އަންގާރަ ދުވަހު އޮންލައިންކޮށް ބާއްވަވާފައިވާ މި ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން މަޖިލީހުގެ ދެ މެންބަރަކާއި، އެ ސިޓީގެ ކައުންސިލް މެންބަރުންގެ އިތުރުން، އެ ސިޓީގެ ހޮސްޕިޓަލުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މީގެ އިތުރުން، ސިއްހީ ދާއިރާގެ މަޢުލޫމާތު ދެއްވުމަށްޓަކައި ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ގޮތުން މި ބައްދަލުވުމުގައި، ނައިބު ރައީސް ފައިޞަލް ނަސީމް ވަނީ ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ހުރި ކަންބޮޑުވުންތައް ވެސް އޮޅުންފިލުއްވަވާފައެވެ.

ނައިބު ރައީސްވަނީ، ކުޅުދުއްފުށީ ސިޓީގައި ކުރިއަށްގެންދާ ބައެއް މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތަކާއި، އެ ސިޓީގެ ހޮސްޕިޓަލުގައި ހިނގަމުންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ވެސް އޮޅުންފިލުއްވަވާފައެވެ.

މި ކަންތައްތަކުގެ އިތުރުން، ފެންވަރު ރަނގަޅުކުރުމާއެކީ، ޚަރަދުކުޑަކޮށް ކަންކަން އިންތިޒާމުކުރެވޭނެ، އިތުރު މަގުތައް ތަނަވަސްކޮށް، އެ ފަދައިން މަސައްކަތްކުރެއްވުމަށް ވެސް ނައިބު ރައީސް ވަނީ ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން އެދިވޑައިގަންނަވާފައެވެ.

ހަމައެއާއެކު ކުރިއަށް މި އޮތް ދުވަސްތަކުގައި ވެސް ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރާއި ހިއްސާކުރައްވަމުން ގެންދެވުމަށް  ވެސް އެދިވަޑައިގަންނަވާފައިވެއެވެ.

އަދި ކުޅުދުއްފުށީ ސިޓީއަށް ކުރިމަތިވެފައިވާ ދަތިއުނދަގޫތައް ހައްލުކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމަށް ވެސް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ހޮސްޕިޓަލުގެ އިސްވެރިންވަނީ  ޚިދުމަތްފޯރުކޮށްދިނުމަށް ދިމާވާ ދަތިތައް ނައިބުރައީސް އާއި ހިއްސާކުރައްވާފައެެވެ.

މި ގޮތުން ކޮވިޑާއި ގުޅިގެން، މުހިންމު މަޝްރޫޢުތަކެއް ހުއްޓިފައިވާތީ ކަންބޮޑުވުން ވެސް ފާޅުކުރެއްވިއެވެ.

މީގެ އިތުރުން، ހޮސްޕިޓަލުގެ ވެއިޓިން ކެޕޭސިޓީގައި ހުރި ދަތިތަކާއި، ތަނުގެ ޖާގައިގެ ނުތަނަވަސްކަމާއި، އެންއައިސީޔޫގައި ބޭނުންކުރާވަރަށް ވަޞީލަތްތައް ޤާއިމުވެފައި ނެތުމުން ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

ހޮސްޕިޓަލުގެ އިސްވެރިންގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން، ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި މިނިސްޓަރު އަމީން ވިދާޅުވީ، ކުޅުދުއްފުށީ ހޮސްޕިޓަލަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރައްވަން  މަސައްކަތްކުރައްވާނެ ކަމަށެވެ.

އަދި ކޮވިޑް-19 އިގެ ސަބަބުން، މަޑުޖެހިފައިވާ ޕްރޮޖެކްޓްތައް އަލުން ފެށުމަށް މަސައްކަތް ކުރައްވާނެކަމަށާއި، ސިއްހީ ދާއިރާއަށް ކުރިމަތިވާ ފައިސާގެ ދަތިތައް ހައްލުކުރުމަށްޓަކައި، ފިނޭންސް މިނިސްޓްރީއާއި މަޝްވަރާކުރައްވާނެ ކަމަށް ވެސް މިނިސްޓަރު އަމީންވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: