ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ދިވެހީންގެ ބިން ދިވެހިންނަށް“ ނަމުގައި އަނެއްކާވެސް އަންނަ މަހު އެއްވުމެއް ބާއްވަނީ

"ދިވެހިންގެ ބިން ދިވެހިންނަށް" ގެ ނަމުގައި އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިޔަށް ގެންދިޔަ އެއްވުމުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކާ ބިމުން ބޭރުގެ ބަޔަކަށް ބިން ދިނުމާއި ދެކޮޅަށް، އަތޮޅުތަކުގެ ރައްޔިތުން ވެސް ބައިވެރިވާ ގޮތަށް އަންނަ ޑިސެމްބަރު މަހުގެ ކުރީކޮޅު ވެސް މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް އިދިކޮޅު ތައްޔާރުވާން ފަށައިފިއެވެ.

”ދިވެހީންގެ ބިން ދިވެހިންނަށް“ ނަމުގައި އިއްތިހާދެއް އުފައްދައި ކުރިޔަށް ގެންދާ ހަރަކާތްތަކުން މިދިޔަ ހުކުރު ދުވަހު ވެސް އާޓިފިޝަލް ބީޗުގައި އެއްވުމެއް ކުރިޔަށް ގެންދިޔަ އެވެ.

މިކަމާއި ގުޅޭގޮތުން މިއަދު ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ކުރީގެ ހޯމް މިނިސްޓަރ އިމްެރާން އަބްދުﷲ ވިދާޅުވީ މި އެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ކަމަށެވެ. މި އެއްވުމުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ވެރިރަށް މާލެއަށް ޖަމާވާނެކަމަށް އިމްރާން ވަނީ ވިދާޅުވެފަ އެވެ.

އިމްރާން ވިދާޅުވީ، މޫސުން ގޯސްވެ، ކަރަންޓުގެ ހިދުމަތް ކަނޑާލުމުން ވެސް މިދިޔަ ހުކުރު ދުވަހުގެ އެއްވުމުގައި ގިނަ ބަޔަކު ބައިވެރިވި ކަމަށެވެ. އަދި މިއީ ރަސްމާލޭގެ ބިން އެހެން ޤައުމެއްގެ ބަޔަކަށް ދިނުމާ ދިވެހި ރައްޔިތުން ދެކޮޅުކަން ވަރަށް ބޮޑަށް ސާބިތުވެގެންދިޔަ ކަމެއްގެ ގޮތުގައި ވިދާޅުވި އެވެ. އަދި ސަރުކާރުގެ ފަރާތުން އެ އެއްވުމަށް އެކި ގޮތްގޮތުން ހުރަސްއެޅި ނަމަވެސް، ލިބުނު ތަރުހީބަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމުގައި ފާހަގަކުރެއްވިއެވެ.

އިމްރާން ވިދާޅުވީ، ހުކުރު ދުވަހުގެ އެއްވުމުން ފެނިގެން ދިޔައީ މި ސަރުކާރުން ޒަޔަނިސްޓުންނަށް ދިވެހި ބިން ވިއްކާލުމަށް ރައްޔިތުން އެއްބަސްނުވާ މިންވަރު ކަމަށެވެ. މިއާއި އެކު އަންނަ މަހު ބާއްވާ އެއްވުމަށް ރަށްރަށުން މީހުން އައިސް މާލޭގައި މިއަށްވުރެ މާ ވަރުގަދަ އަދި ބޮޑު އެއްވުމެއް ބާއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: