ލޮކްޑައުންގެ ފުރަތަމަ ފިޔަވަހީގެ ލުއިތަކާއެކު، ޕޯޓަލް މެދުވެރިކޮށް ވިޔަފާރިކުރުމުގެ ހުއްދަ އަށް، މެއިމަހުގެ 29 އިން ފެށިގެން 17 ބާވަތެއްގެ ވިޔަފާރިތަކަކުން ހުއްދައަށް އެދިފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މީގެ ކުރިން ފުލުހުން މެދުވެރިކޮށް ހުއްދަ ނެގިކަމުފައި ވިޔަސް ވިޔަފާރިކުރުމުގެ ހުއްދައަށާއި، އާމްދަނީ ލިބޭ އެކިއެކި ޒާތުގެ މަސައްކަތްތައް ކުރުމުގެ ހުއްދައަށް އެދެންޖެހެނީ މާލޭ ސިޓީ ކައުންސިލުގެ ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް ހުއްދަ ދޫކުރާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ.
މި ގޮތުން މެއި 29 އިން ފެށިގެން، އަންގާރަ ދުވަހާއި ހަމައަށް ޕޯޓަލް މެދުވެރިކޮށް ޖުމްލަ 3480 މީހަކު ހުއްދައަށް އެދިފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.
މީގެ އިތުރުން، 2090 ކުންފުންޏަކުން ހުއްދައަށް އެދިފައވާކަމަށާއި، މުވައްޒަފުންގެތެރެއިން 9207 މީހަކު ވަޒީފާއަށް ނިކުތުމުގެ ފާހަށް އެދިފައިވާކަމަށެވެ.
ނަމަވެސް
ފާހަށް އެދިފައިވާ މުވައްޒަފުންގެ ތެރެއިން ފާސް ދޫކުރެވޭނީ، އިކޮނިމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން، ވަކި އަދަދަކަށްކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.
މީގެ އިތުރުން، މާލޭ ސިޓީން ބުނީ،
ކަމާބެހޭ ތަފުސީލެއް ވަނީ އިކޮނޮމިކްސް މިނިސްޓްރީ އާއި ހިއްސާ ކުރެވިފައިވާކަމަށާއި، ފުލުހުންގެ ފާސްތައް މިއަދު ދޫކުރާނެކަމަށެވެެ.

