ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެއިމަހުގައި މާލެ ސަރަޙައްދަށާއި، އަތޮޅުތެރެއަށް 32378 ބަސްތާގެ ކާޑު ސަޕްލައިކޮށްދީފައިވާނެ: އެސްޓީއޯ

ފޮޓޯ:އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ހުސްވި މެއިމަހުގައި މާލެ ސަރަޙައްދަށާއި، އަތޮޅުތެރެއަށް 32378 ބަސްތާގެ ކާޑު ސަޕްލައިކޮށްދީފައިވާކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯއިން ބުނީ، މެއި މަހުގައި އަތޮޅުތެރޭގެ ރަށްތަކަށް ސަޕްލައިކުރި 18592 ބަސްތާގެ ކާޑާއި، މާލޭ ސަރަޙައްދަށް ސަޕްލައިކުރި 13786 ބަސްތާގެ ކާޑާއެކު ޖުމްލަ 32378 ބަސްތާ ކާޑު ސަޕްލައިކޮށްދީފައިވާ ކަމަށެވެ.

މި ގޮތުން، އަތޮޅުތެރެއަށް ފޮނުވި ތަކެތީގެތެރޭގައި، 8408 ބަސްތާ ހަނޑުލާއި، 3792 ބަސްތާ ހަކުރާއި 6392 ބަސްތާ ފުށް ހިމެނޭކަމަށް އެސްޓީއޯއިން ބުނެއެވެ. މީގެ އިތުރުން މާލެ ސަރަޙައްދަށް ސަޕްލައިކުރީ، 6692 ބަސްތާ ހަނޑުލާއި، 2761 ބަސްތާ ހަކުރުގެ އިތުރުން 4333 ބަސްތާ ފުށްކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

މި ތަކެތީގެ އިތުރުން ވޭތުވެދިޔަ މެއިމަހުގައި އެސްޓީއޯއިން ވަނީ އަތޮޅުތެރޭގެ ރަށްތަކަށާއި، މާލެ ސަރަޙައްދަށް ގިނަ ޢަދަދެއްގެ ބިހާއި، އަލުތްވާއި ފިޔާ ވެސް ފޯރުކޮށްދީފައެވެ. މި ގޮތުން އަތޮޅުތެރެއަށް 1207 ކޭސް ބިހާއި، 344 ބަސްތާ ފިޔާގެ އިތުރުން، 391 ބަސްތާ އަލުވި ސަޕްލައިކޮށްދީފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ، މާލޭ ސަރަހައްދަށް 2139 ކޭސް ބިސް ސަޕްލައިކޮށްދީފައިވާކަމަށެވެ. މީގެ އިތުރުން މާލެ ސަރަޙައްދަށް ސަޕްލައިކުރީ، 2143 ބަސްތާ ފިޔާގެ އިތުރުން، 903 ބަސްތާ އަލުވިކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: