ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރަރިޒަމާއި ގުޅޭގޮތުން މައްސަލަތަކުގައި ގޮތްނިންމުމަށް ބޭނުންކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ފޮޮޓޯޯ: ޖުޑިޝަރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމީ ފެންވަރެއްގައި ޓެރަރިޒަމާގުޅޭ ގޮތުން މައްސަލަތަކުގައި ގޮތްނިންމުމަށް ބޭނުންކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް އޮންލައިން އޯޑިއޯ ވިޝުއަލް ބައްދަލުވުމެއް ބާއްވައިފިއެވެ.

މޯލްޑިވްސް ޖުޑިޝަރީން ހުކުރުވިލޭރޭ ބުނީ، މި މަޝްވަރާ ބައްދަލުވުމަކީ، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (UNODC) ގެ ފަރާތުން އިންތިޒާމްކޮށްގެންނާއި، އީޔޫގެ ފަރާތުން ފަންޑުކޮށްގެން ބޭއްވުނު ބައްދަލުވުމެއްކަމަށެވެ.

އޮންލައިން ކޮންސަލްޓޭޓިވް މީޓިން އޮން ޓެއިލަރިންގ ދަ ޔޫއެން ސައުތު އޭޝިއާ ރީޖަނަލް ޓޫލް ކިޓް ފޮރ ޖަސްޓިސް އޮފް މޯލްޑިވްސްގެ ނަމުގައި ބޭއްވި އޮންލައިން އޯޑިއޯ ވިޝުއަލް ކުރިއަށް ގޮސްފައިވަނީ މި މަހުގެ 03 ވަނަދުވަހުކަމަށް ޖުޑިޝަރީން ބުނެއެވެ. 

މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދުތަކުގެތެރޭގައި، ޔޫއެން ސައުތު އޭޝިއާ ރީޖަނަލް ޓޫލްކިޓް ދިވެހިރާއްޖެއަށް ފެތޭނެހެން އެކަށައެޅުމުގައި ޔޫއެންއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރުމާއި، ޤައުމީ ފެންވަރެއްގައި ޓެރަރިޒަމްއާގުޅޭ މައްސަލަތަކުގައި ގޮތްނިންމުމަށް ބޭނުންކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރުން ހިމެނޭކަމަށް ޖުޑިޝަރީން ބުނެއެވެ.
 
ޔޫއެންއޯޑީސީގެ ޓެރަރިޒަމް ޕްރިވެންޝަން ބްރާންޗް ގެ އެރިއާނާ ލެޕޮރޭ އާއި، ކައުންޓަރ ޓެރަރިޒަމް ކޮމިޓީ އެގްޒެކެޓިވް ޑިރެކްޓަރޭޓް (ސީޓެޑް) ގެ އެޑްރިއާ ޑި ލާންޑްރީ ފެސިލިޓޭޓަރުކަން ކޮށްދެއްވާފައިވާ، މި ބައްދަލުވުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު، ދިވެހިރާއްޖޭގެ ފަރާތުން އޯޕަނިންގ ރިމާކްސްއެއް ދެއްވާފައިވާކަމަށް ވެސް ޖުޑިޝަރީން ބުނެއެވެ.

ޖުޑިޝަރީން ބުނިގޮތުގައި، މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ހައިކޯޓާއި، ކްރިމިނަލް ކޯޓާއި، ޖުވެނައިލް ކޯޓުގެ އިތުރުން މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުންނާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (NCTC) ގެ ބޭފުޅުން ހިމެނިވަޑައިގަންނަވާހެން 40 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: