ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްލައްކަ މެމްބަރުންނާއި އެކު ޕީއެންސީ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ މެމްބަރޝިޕްގެ އަދަދު 100،000އަށް އަރައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެއިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ދައްކާގޮތުގައި ޕާޓީގެ މެމްބަރޝިޕްގެ އަދަދު ހުރީ 100083 ގައެވެ.

ޕީއެްނސީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތްތައްމީގެކުރިންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ ހަރަކާތްތައް އެކި ދުވަސްތަކުގައި ކުރިއަށް ގެންދިޔައިރު، ވަގަށް ޕާޓީއަށް މީހުން ވައްދާ ކަމުގެ ޝަކުވާވެސް އިންތިހާއަށް ބޮޑުވިއެވެ. އެގޮތުން ނިމިދިޔަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ޕާޓީއަށް މެމްބަރުން ވެއްދުމުގެ ކަންކަން ކުރުމުގައި ސަމާލުވުމަށް އެދިފައެވެ.

ޕީއެންސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވަނީ 31 ޖެނުއަރީ 2019 ގައެވެ. އެހެން ސިޔާސީ ޕާޓީތަކަށް ބަލާއިރު:

  • ޖުމްހޫރީ ޕާޓީ – 7،751 މެމްބަރުން
  • އަދާލަތު ޕާޓީ – 5،530 މެމްބަރުން
  • އެމްޑީއޭ – 5،749 މެމްބަރުން
  • އެމްއެންޕީ – 2،809 މެމްބަރުން
  • ޕީއެންއެފް – 2،536 މެމްބަރުން

އީސީގެ ޕާޓީތަކުގެ ދަފްތަރުން ދައްކާ ގޮތުގައި މިވަގުތު ރާއްޖޭގައި 7 ސިޔާސީ ޕާޓީ އުފެދިފައިވާއިރު، އެ ޕާޓީތަކުގައި ތިބީ 178،205 މެމްބަރުންނެވެ. އޭގެ ތެރެއިން ޕީއެންސީގައި 100،083 މެމްބަރުން ތިބިއިރު، ދެވަނައަށް އެންމެ ގިނަ މެމްބަރުން ތިބީ އިދިކޮޅު އެމްޑީޕީގައެވެ. އެއީ 53،747 މެމްބަރުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: