ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން އަދިވެސް ތިބީ ބޭސް ސިޓީއަށް ސަލާން ޖަހަން، ބޮޑެތި ބްރިޖެއް ބޭނުމެއް ނޫން: ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު --- ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ބޭހުގެ ދަތިކަން ހައްލުކުރުމުގެ ނަމުގައި ސަރުކާރުން އާ ކުންފުންޏެއް އުފެއްދި ނަމަވެސް، އެކަމުގެ ސަބަބުން މި މައްސަލަ ހައްލުވުމުގެ ބަދަލުގައި ހާލަތު ކުރިއަށްވުރެ އެތައް ގުނައަކަށް ގޯސްވެގެން ގޮސްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޝަމްހީދު ވިދާޅުވީ، 2025 ވަނަ އަހަރަށް ސަރުކާރުން ހުށަހެޅި ފުރަތަމަ ބަޖެޓަކީ ސަބްސިޑީއާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމްކުރުމަށް ވަރަށް ރަނގަޅު ޕްލޭންތަކަކާއެކު ފާސްކުރި ބަޖެޓެއް ކަމަށެވެ. ހާއްސަކޮށް، އެންމެ ބޮޑު ހޭދައެއް ކުރަންޖެހޭ ޑައިރެކްޓް ސަބްސިޑީގެ ގޮތުގައި އާންމު ރައްޔިތުންގެ އެކައުންޓަށް ކޮންމެ މަހަކު އެތައް ހާސް ރުފިޔާއެއް ޖަމާވާނެ އިންތިޒާމު ހަމަޖައްސަން 900 އެތައް މިލިއަން ރުފިޔާއެއް ބަޖެޓުގައި ހިމެނިކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، އަހަރު ނިމިގެންދިޔައިރު އެ ބަޖެޓަށް ވީގޮތެއް ނޭނގި، ސަބްސިޑީ ރިފޯމް ނުކުރެވުނު ތަނުގައި، މި އަހަރު ސަބްސިޑީގެ ހަރަދު ވަނީ ގާތްގަނޑަކަށް ތިން ގުނައަށް އިތުރުވެފައިކަމަށް މެންބަރު ވިދާޅުވިއެވެ.

މީގެއިތުރުން ކުންފުނިތަކުގެ އަދަދު މަދުކޮށް، ހިންގުން ހަރުދަނާކުރުމަށް ވައުދުވި ނަމަވެސް، ސަރުކާރުން އިތުރު ނުވަ ކުންފުންޏެއް އަލަށް އުފައްދާފައިވާކަމަށް ޝަމްހީދު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ރައްޔިތުންނަށް ރިސޯޓު ހިއްސާ ދިނުމަށް ކުންފުންޏަކާއި، ބޭހުގެ މައްސަލަ ހައްލުކުރުމަށް އުފެއްދި ސްޓޭޓް ފާމާ ހިމެނޭއިރު، އެ ކުންފުނި އުފެއްދި ފަހުން ބޭހުގެ ކަންކަން ކުރިއަށްވުރެ މާ ބޮޑަށް ދަށަށް ގޮސްފައިވާކަމަށް ޝަމްހީދު ވިދާޅުވިއެވެ.

ޝަމްހީދު ވިދާޅުވީ، އާރުޑީސީ ފަދަ ކުންފުނިތަކަށާއި އެހެނިހެން ކަންކަމަށް ކޮންމެ އަހަރަކު ބިލިއަނުން ފައިސާ ހަރަދުކުރަމުންދާއިރު، ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ހިދުމަތްތައް ނުލިބި ދަތިތަކާ ކުރިމަތިލާން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އަލަށް އުފެއްދި ސްޓޭޓް ފާމާ ފަދަ ކުންފުނިތަކަށް މި މައްސަލަތައް ހައްލުނުކުރެވޭނެކަމަށާއި، މިފަދަ ކަންކަން އެންމެ ފުރިހަމައަށް ކުރެވޭނީ މާލީ ގާބިލުކަމާއި ތަޖުރިބާ ލިބިފައިވާ އެސްޓީއޯއަށްކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމްހީދު ވަނީ ބޮޑެތި ބްރިޖްތައް ނޭޅި ނަމަވެސް، ސަރުކާރުން ގޮތްދޫކޮށް ރައްޔިތުންގެ މިފަދަ ކުދިކުދި އަދި ޒަރޫރީ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދީފިނަމަ، ރައްޔިތުންގެ ފަރާތުން ސަރުކާރަށް ބޮޑު ތާއީދަކާއި އެއްބާރުލުމެއް ލިބިގެންދާނެކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: