ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ މަޝްރޫއު ހިންގުމުގެ ކުރިން ވޯޓެއް ނަގަން ރައީސް ނަޝީދު ގޮވާލައްވައިފި

އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލޭގައި ސަރުކާރުން ހިންގަން އުޅޭ މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ މަޝްރޫއޫގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށް އެމްޑީީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރަސްމާލެ މަޝްރޫއުއަށް ތާއީދުކުރައްވާކަން އިއުލާނުކުރައްވާފައިވާ ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި އަންނަ ބުރާސްފަތި ދުވަހު އެކަމަށް ގޮވާލައި އެމްޑީޕީން އެއްވުމެއް ބާއްވާނެކަން ވެސް އެމަނިކުފާނު ވަނީ އިއުލާނުކުރައްވައިފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ވެރީންނަށް ބައެއް ކަންކަމަކީ ރަނގަޅު ކަންކަން ކަމުގައި ތަސައްވުރު ކުރެވުނަސް، އެ މަންޒަރުތައް ރައްޔިތުންނަށް ސާފުނުވާނަމަ އެކަމެއް ކާމިޔާބުނުވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުތަކުން ތަސައްވުރެއް އެކުލަވާލުމަށްފަހު އެ ތަސައްވަރު ރައްޔުތުންނަށް ހުށަހަޅަންޖެހޭނެ ކަމަށާއި، ރައްޔިތުން ގަބޫލުނުކުރާ ތަސައްވުރެއް އެމްޑީޕީއަށް ވެސް ގަބޫލެއް ނުކުރެވޭނެ ކަމަށެވެ. އަދި ކަމެއް ކާމިޔާބުވުމަށް ރައްޔިތުންގެ އަގުލަބިއްޔަތުގެ ތާއީދު އޮތުން ކޮންމެހެން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެ މަޝްރޫއުއާ މެދު މިހާރު މި ހުރި ކަންބޮޑުވުންތައް، ރައްޔިތުންގެ މެދުގައި ބަހުސްކުރެވި އެ މައްޗަށް ރައްޔިތުން ގޮތެއް ނިންމަންޖެހޭ ކަމަށާއި ސަރުކާރުން ފެންނަ ނުފެންނަ ވޯޓެއް ނުނަގައި، އެ މަޝްރޫއު ކުރިއަށް ގެންދަނީނަމަ އެއީ ރާއްޖެއަށް ލިބިދާނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

ފުށިދިއްގަރު ފަޅުގައި ސަރުކާރުން ހިންގަން އުޅޭ ރެޒިޑެންސީ މަޝްރޫއު ކުރިއަށް ގެންދިޔުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ކޮންމެހެން ވެސް ނަގަންޖެހޭ ކަމަށާއި އެކަމަށް ޓަކައި އަޑުއުފުލުމަށް އެމްޑީޕީން ނިންމާފައިވާއިރު، ނޮވެމްބަރު 26 ވަނަ ދުވަހު އެކަމަށް ގޮވާލައި އެމްޑީޕީގެ އެއްވުމެއް އޮންނާނެކަން އެމަނިކުފާނު އިއުލާނުކުރެއްވިއެވެ.

”ފުށިދިއްގަރު ފަޅާ ގުޅޭގޮތުން މިހާރު މި ހުރި ކަންބޮޑުވުންތައް، ރައްޔިތުންގެ މެދުގައި ބަހުސްކުރެވި އެ މައްޗަށް ރައްޔިތުން އެބަ ގޮތެއް ނިންމަންޖެހޭ، ސަރުކާރުން ފެންނަ ނުފެންނަ ވޯޓެއް ނުނަގައި، މި މަޝްރޫއު ކުރިއަށް ގެންދަނީނަމަ އެއީ ރާއްޖެއަށް ލިބިދާނެ ވަރަށް ބޮޑު ގެއްލުމެއް،“ ރައީސް ނަޝީދު

ރަސްމާލޭގައި ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރަން ނިންމާފައިވާ މަޝްރޫއުއާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ސަރުކާރަށް ގޮވާލަން އެމްޑީޕީގެ ގައުމީ މަޖިލީހުން މިދިޔަ މަހު ފާސްކޮށްފައިވާއިރު، ރައީސް ނަޝީދު އޭރު ވެސް ވިދާޅުވަމުން ގެންދެވީ އެ މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ. އަދި މިއަދު ވެސް ރެޒިޑެންސީ ޕްރޮގްރާމެއް ހިންގުމަށް ތާއީދުކުރައްވާކަމަށް ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ޣައިރުދީންތަކުގެ މީހުން ވަަޒަންވެރިވާން ފުރުސަތު ލިބޭ ގޮތަށް ހިންގަން އުޅޭ މަޝްރޫއެއްކަމަަށް ސިފަކޮށް އެ މަޝްރޫއު ހުއްޓާލަން ގޮވާލައި ކުރިއަށް ގެންދާ ހަރަކާތުގައި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންގެ އިތުރުން އިދިކޮޅު ޕީއެންއެފްއިން ވެސް ބައިވެރިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: