ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭގައި ބައިނަލްއަޤްވާމީ ދަތުރުވެރިންނަށް އީ-ގޭޓުގެ ޚިދުމަތް ފުޅާކޮށްފި

އީ-ގޭޓް ފެށުމުގެ ރަސްމިއްޔާތު ތެރެއިން / ފޮޓޯ: އެމް.އޭ.ސީ.އެލް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިމިގްރޭޝަނުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ގުޅިގެން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ (ވީއައިއޭ) ޓަރމިނަލް 1 ގައި ޤާއިމުކޮށްފައިވާ އީ-ގޭޓުގެ ޚިދުމަތް ބައިނަލްއަޤްވާމީ ދަތުރުވެރިންނަށް ފުޅާކޮށްފިއެވެ.

މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ ވީއައިއޭ މެދުވެރިކޮށް ރާއްޖެ އަންނަ އަދި ރާއްޖެއިން ފުރާ ބައިނަލްއަޤްވާމީ ދަތުރުވެރިންނަށް އޮޓޮމޭޓެޑް ނިޒާމެއްގެ ތެރެއިން އަވަހަށް އިމިގްރޭޝަން މަރުޙަލާތައް ފުރިހަމަކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

ވީއައިއޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނެވެ. މި ޙަފްލާގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަޠީފް އަދި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން (ރިޓަޔަރޑް) އަޙްމަދު ފަސީޙްގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ދަޢުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ ކުރިން ހަމައެކަނި ދިވެހި ފަސިންޖަރުންނަށް ޚާއްޞަކޮށްފައި އޮތް މި ޚިދުމަތް، މި ބަދަލާއެކު ކަނޑައެޅިފައިވާ 31 އެއަރލައިނަކުން ދަތުރުކުރާ 39 ޤައުމެއްގެ ޝަރުޠުހަމަވާ ފަތުރުވެރިންނަށް ލިބިގެންދާނެއެވެ. އެގޮތުން ވީއައިއޭގައި ޖުމްލަ 35 އީ-ގޭޓް މިހާރު ވަނީ ޤާއިމުކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖެ އަންނަ ފަރާތްތަކަށް ޚާއްޞަ 20 ގޭޓާއި، ރާއްޖެއިން ފުރާ މީހުންނަށް ޚާއްޞަ 15 ގޭޓް ހިމެނެއެވެ. ޝަރުޠުހަމަވާ އިލެކްޓްރޯނިކް ޕާސްޕޯޓް (އީ-ޕާސްޕޯޓް) ބޭނުންކުރާ ފަރާތްތަކަށް މި ދެ ބައިން ވެސް އޮޓޮމޭޓެޑް ނިޒާމުގެ ތެރެއިން އިމިގްރޭޝަން މަރުޙަލާތައް ފަސޭހަކަމާއެކު ނިންމާލެވޭނެއެވެ. އަދި ޚިދުމަތް ފެށުމުގެ ގޮތުން، އެމިރޭޓްސްގެ ފްލައިޓަކުން ރާއްޖެ އައި ފަސިންޖަރަކު ވަނީ އީ-ގޭޓް މެދުވެރިކޮށް އިމިގްރޭޝަން ކްލިއަރެންސް ފުރިހަމަކޮށްފައެވެ.

މި ޚިދުމަތް އިތުރަށް ފުޅާކުރުމަކީ ސަރުކާރުގެ ”މޯލްޑިވްސް 2.0“ ސިޔާސަތުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ޒަމާނީ ޓެކްނޮލޮޖީއާއި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ޢާންމު ޚިދުމަތްތައް އަވަސްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: