ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮކްޓޯބަރު މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ 109 މައްސަލައެއް ހުށަހަޅައިފި

ކުޑަކުދިންނަށް ކުރާ އަނިޔާ
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ އޮކްޓޯބަރު މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 109 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންނާ ގުޅޭ 62 މައްސަލައަކާއި ފިރިހެން ކުދިންނާ ގުޅޭ 47 މައްސަލައެކެވެ.

އޮކްޓޯބަރު މަހު ހުށަހެޅުނު ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އިހުމާލުވުމުގެ 27 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 9 ފިރިހެން ކުދިންނާއި 18 އަންހެން ކުދިންގެ މައްސަލައެވެ.

ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެ ބާވަތުގެ ޖުމްލަ 24 މައްސަލައެއް އެ ވުޒާރާއަށް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 6 ފިރިހެން ކުދިން އަދި 18 އަންހެން ކުދިންނާ ގުޅޭ މައްސަލަތަކެވެ.

މީގެ އިތުރުން ޖިސްމާނީ ހާނިއްކައިގެ 19 މައްސަލައަކާއި، ގެވެށި އަނިޔާގެ އަމަލެއް ހިންގާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލައެއްގެ އިތުރުން ނަފްސާނީ ގޮތުން އިހުމާލުވުމުގެ 9 މައްސަލައެއް ވުޒާރާއަށް ވަނީ ހުށަހަޅާފައެވެ. އަދި ކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 5 މައްސަލައާއި، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 4 މައްސަލައެއްވެސް ރިޕޯޓުކޮށްފައިވެއެވެ.

އޮކްޓޯބަރު މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން ނުވަތަ ބްލެކްމެއިލް ކުރުމުގެ 3 މައްސަލައަކާއި، ކުޑަކުދިންގެ ބަދުއަޚްލާގީ އަމަލު ހިންގާ ވީޑިއޯތަކާ ގުޅޭ 2 މައްސަލައެއްގެ އިތުރުން ކުޑަކުދިން ޖިންސީ ގޮތުން ގްރޫމް ކުރުމުގެ 1 މައްސަލައާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 1 މައްސަލަވެސް ވަނީ އެ ވުޒާރާއަށް ރިޕޯޓުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: