ކޮވިޑް-19 އާއި ގުޅިގެން، އެއްވެސް ހުއްދައެއްނެތި އެސްޓީއޯގެ ވިޔަފާރި ލޯގޯޖަހާފައިވާ ފޮތި މާސްކް ވިއްކަމުންދާތީ އެކަމަށް ސަމާލުވުމަށް އެސްޓީއޯއިން އެދިއްޖެއެވެ.
މި ކަމާއި ގުޅިގެން ހޯމަވިލޭރޭ އެސްޓީއޯއިން ބުނީ، ބައެއް ފަރާތްތަކުން ވިޔަފާރީގެ ބޭނުމަށް ވިއްކަމުންދާ ފޮތި މާސްކްގެ ތެރޭގައި، އެ ކުންފުނީގެ ވިޔަފާރި ލޯގޯ ޖަހާފައިވާ މާސްކް ތައްޔާރުކޮށް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.
ނަމަވެސް މި ކަމަކީ، އެ ކުންފުނީގެ އެއްވެސް ހުއްދައެއް ލިބިގެން ކުރަމުންދާކަމެއް ނޫންކަންކަމަށް އެސްޓީއޯއިން ބުނެއެވެ.
މި ގޮތުން އެސްޓީއޯއިން ވަނީ، އެ ކުންފުނީގެ ލޯގޯޖަހާފައިވާ މާސްކް ތައްޔާރުކޮށް ވިއްކަމުން އަންނަ ފަރާތްތަކަށް އެކަން ހުއްޓާލުމަށާއި، އެ ކުންފުނީގެ ހުުއްދައެއްނެތި އެފަދަ އަމަލުތައް ނުކުރުމަށް ނަސޭހަތްތެރިވެފައެވެ.

