ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ ދަށުން، އެޗްއާރްސީއެމްއިން ހަދަންޖެހޭ ގަވާއިދުތަކަށް ހެދުމަށް 30 ދުވަހުގެ މުހުލަތެއްދީފި

ޕީޖީ ޙުސެއިން ޝަމީމް. ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ ދަށުން، ހިއުމަން ރައިޓްސް ކޮމިޝަނުން ހަދަންޖެހޭ ތަހުޤީޤުކުރުމާއި، ޝަރީޢަތްކުރުމުގެ ގަވާއިދު އެކަށައަޅާފައިނުވާތީ، ހަމަސް ދުވަހުގެތެރޭގައި އެ ގަވާއިދު ހެދުމަށް، ޕްރޮސެކިއުޓަރ ޖެނެރަލް ޙުސެއިން ޝަމީމް އެ ކޮމިޝަނަށް އިއްޔެ އަންގައިފިއެވެ.

ޤާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ރ) ގެ ދަށުން ޕީޖީއަށް ލިބިދޭ ބާރުގެދަށުން، އެޗްއާރުސީއެމްއަށް މި ކަން އަންގަވާފައިިވަނީ، 2017 ވަނަ އަހަރުގައި ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވާއިރު، 03 އަހަރު ފާއިތުވެގެން ދިޔަ އިރުވެސް، ގަވާއިދު ނުހެދި ދިގުލައިގެން ގޮސްފައިވާތީ ކަމަށެވެ.

ޖިނާއީ އިޖުރާޢަތުގެ ޤާނޫނު ބުނާގޮތުންނަމަ، އެ ޤާނޫނުގެ ދަށުން ތަޙުޤީޤުކުރުމާއި، ޝަރީޢަަތްކުރުމުގެ ގަވާއިދު، އެ ޤާނޫނަށް ޢަމަލުކުރަން ފަށާފަހުން 03 މަސް ދުވަހުގެތެރޭގައި، ހަދައި ނިންމަންޖެހެއެވެ.

ނަމަވެސް، އެ މުއްދަތު ހަމަވުމުގެ ކުރިން، 03 މަސްދުވަހުގެތެރޭގައި، ޤާނޫނު އެކުލަވާލާފައިވަނީ، ޕީޖީ އޮފީހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކަންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: