ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ.ޝަހީމް، މިނިސްޓަރު އިމްރާނަށް: ޖަލަށްވުރެ ގިނަދުވަސް، ޝައިޚު ހޭދަކުރެއްވީ ގޭގައި

ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ ތަނުގައި، ޓެރަރިޒަމްގެ ކުށް ސާބިތުވެ، 12 އަހަރުގެ ޖަލު ޙުކުމެއް، ތަންފީޒުކުރައްވަމުން ގެންދަވާފައިވާ ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން ޢަބްދުﷲ ޖަލަށްވުރެ ގިނަ ދުވަސް ހޭދަކުރެއްވީ ގޭގައިކަމަށް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިހެން ވިދާޅުވެފައިވަނީ، ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި މިނިސްޓަރު އިމްރާނު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ.

ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި މިނިސްޓަރު އިމްރާނާއި ކުރެއްވި ސުވާލަކާއި ގުޅިގެން، އިމްރާން ވިދާޅުވީ،

ކިރިޔާ ވެސް، ރައީސް ޔާމީނަށް ކޮށްދެވެން އޮތް ކަމެއްވިއްޔާ މި ދަނީ ކޮށްދެމުންކަމަށާއި، މިހާރު ވެސް ކޮވިޑް-19 އިގެ އެންމެ ދަތި ދުވަސްވަރުގައި ވެސް، އެ މަނިކުފާނަށް އެކްސަސައިޒް ކުރުމާއި، ޑޮކްޓަރަށް ދެއްކުމާއި، މި ގޮތުން ވެވެންހުރި އެންމެހައި ފަސޭހައެއްކޮށްދެއްވަމުން ގެންދަވާކަމަށެވެ.

މީގެ އިތުރުން، މިނިސްޓަރު އިމްރާނު ޖަލުގައި ހުންނެި ދުވަސްވަރަށް އިޝާރާތްކުރައްވަމުން ވިދާޅުވީ، އޭރު ޖަލުގައި ހުންނެވިއިރު ލިބުނު ޚިދުމަތްތަކާ އަޅާބަލާއިރު، ރައީސް ޔާމީނާމެދު ޢަމަލު ކުރެވެނީ އެތައް ގުނައެއް ރަނގަޅަށް ކަމަށެވެ.

މިނިސްޓަރ އިމްރާނުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޑރ.ޝަހީމް ވިދާޅުވީ، ރައީސް ޔާމީނު ވެރިކަން ނިމުނުއިރު ވެސް ޝެއިޚު ހުންނެވީ ގޭގައިކަމަށެވެ. އަދި ރޯދަމަހުވެސް، ޢީދު ދުވަހު ވެސް ޝައިޚު ހުންނެވީ ގޭގައިކަމަށާއި، ބޭފުޅަކު ލިބިވަޑައިގެންނެވިއިރު ވެސް ހުންނެވީ ގޭގައިކަމަށެވެ.

މީގެ އިތުރުން ޖަލަށްވުރެ ގިނަދުވަސް ހޭދަކުރެއްވީ ގޭގައިކަމަށާއި، ރައީސް ޔާމިނު ޖަލަށްލެއްވި ފަހުން އެ ހުންނަވަނީ ޖަލުގައިކަމަށާއި، ރައީސް ޔާމިނު ގެއަށް ބަދަލުކޮށްދެއްވުމަށް ޑރ.ޝަހީމް ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީނަަަަށް ކޮށްފައިވަނީ ސިޔާސީ ޙުކުމެއްކަމަށް ބުނެ ގެއަށް ބަދަލުކޮށްދިނުމަށް، އިދިކޮޅުން ގޮވާލަމުންދާއިރު، އެ މަނިކުފާނު ހުންނެވީ ސާބިތުވެފައިވާ މައްސަލައެއްގެ ޙުކުމެއްގައިކަން ފާހަގަކޮށްލަންޖެހެއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: