ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

300 އަށް ވުރެ ގިނަ ބިދޭސީއަކު ބަލައިފާސްކޮށް ހުރާއިން 43 ބިދޭސީއެއް އިމިގްރޭޝަން ބެލުމުގެ ދަށަށް!

އިމިގްރޭޝަނުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން/ ފޮޓޯ: އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން، ކ. ހުރާއިން 43 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް ވަޒީފާ އަދާކުރާ ބިދޭސީން ދެނެގަތުމަށް އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހުން ހުރާގައި ރެއިޑް އޮޕަރޭޝަނެއް ހިންގީ އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އަށެވެ.

މި އޮޕަރޭޝަނުގައި އެ ރަށުގައި އުޅޭ 341 ބިދޭސީއަކު ބަލައިފާސްކުރިއިރު، އޭގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 43 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ހުރާގައި މިދިޔަ އަހަރު ހިންގި މިފަދަ އޮޕަރޭޝަނެއްގައި ވެސް 46 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މި ސަރުކާރުން މާލެ ސަރަހައްދުގައި ފެށި ބޮޑު އޮޕަރޭޝަނާ ގުޅިގެން ބައެއް ބިދޭސީން އަތޮޅުތަކުގެ އެކި ރަށްރަށަށް ދާ މައްސަލަ ފާހަގަކުރެވި، އަތޮޅުތަކުގެ ރަށްރަށުގައި ވެސް މިހާރު ދަނީ މިފަދަ އިންސްޕެކްޝަންތައް ހިންގަމުންނެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 12،000 އަށް ވުރެ ގިނަ ބިދޭސީން މި ސަރުކާރުން މިހާތަނަށް ވަނީ ޑީޕޯޓްކޮށް ފޮނުވާލާފައެވެ.

ރާއްޖޭގައި ބިދޭސީން ގަވާއިދާ ޚިލާފަށް ކުރަމުންދާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަންގެ ދަށުން، މިހާތަނަށް 200 އެއްހާ ވިޔަފާރިއެއް ވަނީ ބަންދުކޮށްފަ އެވެ.

ވިޔަފާރިތައް ބަންދުކުރުމަށް ނިންމާފައިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށް ވިޔަފާރި ހިންގުމާއި، ހުއްދަ ދީފައިވާ ދާއިރާ ނޫން އެހެން ދާއިރާތަކުގައި ވިޔަފާރިކުރުން ހިމެނެއެވެ.

މީގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ސިއްހީ މިންގަނޑުތަކާއި އުޞޫލުތަކާ ޚިލާފަށް ހިންގާ ތަންތަން ވެސް މި އޮޕަރޭޝަންގެ ދަށުން ވަނީ ބަންދުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: