ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤުރުއާން ކިޔަވައިދޭ ޓީޗަރަކު، އޭނާގެ ފިރިހެން ދަރިވަރުންތަކަކަށް ޖިންސީގޯނާކުރި މައްސަލައެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ޤުރުއާން ކިލާހެއް ހިންގާ ޓީޗަރަކު، އޭނާ ކިޔަވައިދޭ ފިރިހެންކުދިންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިއްޖެއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ ނޯތު ޕޮލިސް ޑިވިޝަންގެތެރޭގައި ހިމެނޭ ރަށެއްގައި، ޤުރުއާން ކިލާސް ހިންގަމުން އަންނަ ޓީޗަރަކު، އޭނާ ކިޔަވައިދޭ ދަރިވަރުން ތަކަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަަލައެއް 06 ޖޫންގައި ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ.

މި ގޮތުން، އޭނާ ޖިންސީގޯނާކޮށްފައިވަނީ 18 އަހަރުންދަށުގެ ފިރިހެންކުދިންތަކަކަށް ކަމަށް ވެސް ފުލުހުން ބުނެއެވެ.

ނަމަވެސް، މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު މިގާތަނަށް ހައްޔަރުކޮށްފައިނުވާ ކަމަށާއި، މި މައްސަލަ މިހާރު ތަޙުޤީޤުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: